ENGLISH

16 ފެބްރުއަރީ 2026

Advertisement

ދެ އަތޮޅަކަށް އުފާވެރިކަން؛ ފ. އާއި ދ.ގައި އާރްޓީއެލް ފެރީ ހިދުމަތް މާދަން ފަށާނެ

16 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

އާރްޓީއެލް ހިދުމަތް ކުރިއަށް އޮތް ހަ މަސް ތެރޭ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރައްވާނެކަން ރައީސްވަނީ އިއުލާނުކުރައްވާފައި، ފޮޓޯ: ޖަވިޔަނި

ރާއްޖޭގެ ރަށްތަކާއި އަތޮޅުތައް ކަނޑުގެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވައިލުމަށް ސަރުކާރުން ހިންގަމުން އަންނަ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނިޒާމުގެ ދަށުން ފ.އަތޮޅާއި ދ.އަތޮޅުގައި އާރްޓީއެލް ހިދުމަތް މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ. 

އެ ހިދުމަތް ފެށުމަށް ބޭނުންވާ ހުރިހާ އިންތިޒާމުތައް ހަމަޖައްސައި އާރްޓީއައި ހިދުމަތް އެ އަތޮޅުގައި ފަށާނެކަން އިއުލާނުކޮށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފެބްރުއަރީ 17، 2026 ވަނަ ދުވަހު އެ ހިދުމަތް ފަށައިމ ފުރަތަމަ ހަފުތާގައި ކުރިއަށްގެންދާނީ ދެ އަތޮޅުގެ ރައްޔިތުން އެ ހިދުމަތަށް އަހުލުވެރިކުރުމުގެ ފުރުސަތު ދިނުމަށް ހިލޭ ކުރިއަށްގެންދާ ދަތުރުތައް ކަމަށެވެ. 

އަހުލުވެރިކުރުމަށް ކުރިއަށްގެންދާ ހިލޭ ދަތުރުތައް ނިންމައިލާނީ ފެބްރުއަރީ 25 ވަނަ ދުވަހުއެވެ. އެއަށްފަހު އެ ދެ އަތޮޅުގައި އާރްޓީއައި ހިދުމަތް ހޯދޭނީ ޓިކެޓު ނަގައިގެންނެވެ. އާރްޓީއެލް ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓު ފަސޭހައިން ނެގޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. 

ހަތަރު ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ ހިދުމަތް ފ. އަދި ދ.އަތޮޅުގައި މާދަން ފެށުމާއެކު ރާއްޖޭގެ 14 އަތޮޅެއްގައި އެ ހިދުމަތް ލިބޭނެއެވެ. 

އިތުރަށް ވުޒާރާއިން ގުނީ އެމްޓީސީސީން ކުރިއަށްގެންދާ މި މަޝްރޫއު ކުރިއަށްގެންދަނީ ތިން ފިޔަވައްސަކަށް މަސައްކަތް ބަހާލައި 6 ޒޯނަކަށް ރާއްޖޭގެ ހުރިހާ އަތޮޅުތަކެއް ބަހާލައިގެން ކަމަށެވެ. އަދި މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ކުޑަ އަގެއްގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު މަގުފަހިކޮށް އިޖުތިމާއީ އިގުތިސާދީ މަންފާ ރައްޔިތުންނަށް ހޯދައިދިނުމެވެ. 

މި މަޝްރޫއާ ގުޅޭ ގޮތުން މި އަހަަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި، ފާއިތުވި އަހަރު ތިން އަތޮޅެއްގައި އެ ހިދުމަތްވަނީ ފަށާފައެވެ. އަދި ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި މިހާރު އެ ހިދުމަތް ނުފެށި އޮތް އަށް އަތޮޅުގައި ހިދުމަތް ފެށިގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު