ENGLISH

03 މޭ 2026

Advertisement

އިސްދޫގައި އިމާރާތްކުރާ މިސްކިތުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެ

03 މޭ 2026

|

ހަނާން އަހުމަދު ނައީމް

އިސްދޫގައި އިމާރާތްކުރާ މިސްކިތް

ލ.އިސްދޫގައި އިމާރާތްކުރަމުންދާ މިސްކިތުގެ މަސައްކަތުގެ 70 އިންސައްތަ ނިމިފައިވާކަމަށް އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިސްކިތް އިމާރާތްކުރުމުގެ އަދާހަމަ އާންމުކޮށް އެ ވުޒާރާއިން ކުރި ޕޯސްޓެއްގައި ވަނީ މިހާރު މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާކަން ހާމަކޮށްފައެވެ.

މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މިއީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން 19.6 މިލިއަން ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެއް އަހަރު ދުވަހުގެ ތެރޭަގައި ނިންމުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭނެ ގޮތަކަށް ރޭވިގެން ބިނާކުރާ މިސްކިތެއް ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.

މި މަސައްކަތަކީ ސަރުކާރުން ފެޑޯ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު