ENGLISH
16 ފެބްރުއަރީ 2026
ގައިމައްޗަށް ޕިކަޕެއް ވެއްޓި 60 އަހަރުގެ މީހަކު ނިޔާވެއްޖެ
16 ފެބްރުއަރީ 2026
|
ހުޅުމާލެ ހޮސްޕިޓަލް
އެންމެ މަޤްބޫލު
ގައިމައްޗަށް ޕިކަޕެއް ވެއްޓި 60 އަހަރުގެ މީހަކު ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލެ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ މަސައްކަތެއް ކުރުމަށް އެ ޕިކަޕް ދަށުގައި އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕް ވެއްޓިފައިވާ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް ލިބުނީ އިއްޔެ ހެނދުނު 11:05 ހާއިރު ކަމަށް ވެސް ބުންޏެވެ.
އެ މީހާ ނިޔާވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށާ އެއީ 60 އަހަރުގެ ދިވެހި ފިިރިހެނެއް ކަމަށް ވެސް ބުންޏެވެ.
ފުލުހުން ދަނީ އެ ހާދިސާއާ ގުޅިގެން ތަހުގީގެއް ހިނގަމުންނެވެ.