ENGLISH
19 ފެބްރުއަރީ 2026
އެޑިއުކޭޝަން މިނިސްޓްރީއާއި ޔުނިސެފް ގުޅިގެން ވޯކްޝޮޕެއް ބާއްވައިފި
16 ފެބްރުއަރީ 2026
|
ޖީ.ސީ.އެފް ޕްރޮޖެކްޓް ޕްރޮޕޯޒަލް – އިނީޝިއަލް ސްޓޭކްހޯލްޑަރ ވޯކްޝޮޕް ތެރެއިން. ފޮޓޯ: މިނިސްޓްރީ އޮފް އެޑިއުކޭޝަން
އެންމެ މަޤްބޫލު
މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ޔުނިސެފް ގުޅިގެން "ޖީ.ސީ.އެފް ޕްރޮޖެކްޓް ޕްރޮޕޯޒަލް – އިނީޝިއަލް ސްޓޭކްހޯލްޑަރ ވޯކްޝޮޕް"ގެ ނަމުގައި 15 ފެބްރުއަރީ 2026 ގައި ބާއްވައިފިއެވެ.
މި ވޯކްޝޮޕްގައި މިިނިސްޓްރީ އޮފް ޓޫރިޒަމް އެންވަޔަރމަންޓްގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމެންޓުން ވެސް ވަނީ ބައިވެރިވެފައެވެ.
މި މަސައްކަތު ބައްދަލުވުމަކީ ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) އަށް ހުށައެޅުމަށް ތައްޔާރުކުރަމުންދާ ޕްރޮޖެކްޓް ކޮންސެޕްޓާއި ގުޅޭ މަޝްވަރާތައް ކުރުމަށާއި ރާއްޖޭގެ ފަރާތުން ޖީ.ސީ.އެފް އަށް ހުށައަޅާ ޕްރޮޖެކްޓުތަކުގެ މަސައްކަތް އިތުރަށް އިތުރަށް ފުޅާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިިން ކަމާގުޅޭ ސަރުކާރުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން ޑރ. އަޙްމަދު މުޙައްމަދެވެ.
ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ޑރ. އެޑްވަރޑް އެޑާއި އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަމްޖަދު ޢަބްދުﷲ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވައި، އުމްރާނީ ވަސީލަތްތަކަކީ އަދި ވަކިން ޚާއްސަކޮށް މަދުރަސާތަކަކީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ، ވިލުންތެރި ތަންތަނަށް ހެދުމުގެ މުހިންމުކަމަށް އަވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ޕްރޮޖެކްޓްތައް ފަރުމާކުރުމުގެ މަރުހަލާގައި ކަމާގުޅޭ ފަރާތްތަކެއްގެ ބައިވެރިވުމާއި ޚިޔާލު ހޯދުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައިވެއެވެ.
މި ބައްދަލުވުން ނިންމަވައިދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން، ޑރ. އަބްދުއްލަތީފް މުހައްމަދެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ބައިވެރިންނަށް ޝުކުރު އަދާކުރައްވައި، މި ޕްރޮޕޯޒަލްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.