ENGLISH

16 ފެބްރުއަރީ 2026

Advertisement

އަނެއްކާވެސް ދުންފުހުގެ އަސަރު ބޮޑުވެއްޖެ؛ ދުރު ފެންނަ މިންވަރު ބޮޑުތަނުން ދަށަށް

16 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ދުންފުހުގެ އަސަރު، ފޮޓޯ: މިހާރު

އަނެއްކާވެސް ދުންފުހުގެ އަސަރު ބޮޑުވެ ރާއްޖޭގެ ބޮޑު ބައެއްގައި ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. 

އެ އިދާރާއިް މިއަދު ބުނެފައިވަނީ ދުންފުހުގެ އަސަރު މިހާރު އެންމެ ބޮޑަށް ކުރަނީ މެދުރާއްޖެއާއި އުތުރުގެ ރަށްތަކަށް ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ މަތީގައި ދުންފުހުގެ އަސަރު ހުުންނާނެ ކަމުގައިވެސް އެ އިދާރާއިން ބުންޏެވެ. 

މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދިން ގޮތުގައި ރާއްޖެއަށް ދުންފުހުގެ އަސަރު ވާސިލުވަނީ އިރުއުތުން އަންނަ ވަޔާއެކު ކަމަށެވެ. 

ދުންފުހުގެ އަސަރު ބޮޑުވުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ތިން ކިލޯމީޓަރަށް ދަށްވެފައިވާކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުންޏެވެ. އަދި އެ އިދާރާއިން އެދިފައިވަނީ ބޭރުގައި އުޅޭއިރު އަދި ކަނޑުދަތުރުފަތުރު ކުރާއިރު ސަލާމަތީ ކަންކަމަަށް ހާއްސަ ސަމާލުކަންދިނުމަށެވެ. 

ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް ނިމޭކޮޅާއި އައު އަހަރު ފެށޭއިރު ރާއްޖެއަށް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. އަދި ބައެއް ދުވަސްވަރު ސިއްހީ ގޮތުން ނުރައްކާވާ މިންވަރަށް ދުންފުސް އިތުރުވެއެވެ. ފާއިތުވި މަހު ދުންފުހުގެ އަސަރު ބޮޑުވެ ބޭރަށް ނުކުމެ އުޅޭއިރު ސަމާލުވުމަށް ކަމާ ގުޅުންހުރި އިދާރާތަކުން އިލްތިމާސްކުރިއެވެ. 

ކިޔުންތެރިންގެ ހިޔާލު