ENGLISH

15 ފެބްރުއަރީ 2026

Advertisement

ކުޅުދުއްފުށީގައި އިމިގްރޭޝަންގެ ރީޖަނަލް އޮފީހެއް ހުޅުވައިފި

15 ފެބްރުއަރީ 2026

|

މުޙައްމަދު އަދުހަމް

ކުޅުދުއްފުށީގައި އަލަށް ގާއިމުކުރި އިމިގްރޭޝަންގެ އޮފީސް. --ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

ހދ. ކުޅުދުއްފުށީ ސިޓީގައި މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ގާއިމުކޮށްފައިވާ އައު ރީޖަނަލް އޮފީސް މިއަދު ހުޅުވައިފިއެވެ.

މިއަދު ހެނދުނު މި އޮފީސް ރަސްމީކޮށް ހުޅުވައިދެއްވީ، ޑެޕިއުޓީ ކޮންޓްރޯލަރ، އަޙްމަދު އަޝްފާން އެވެ.

މި އައު އޮފީހާއެކު، އޮފިސަރުންނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، މަސައްކަތުގެ މާހައުލަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް އިމިގްރޭޝަނުން ގަބޫލުކުރެއެވެ.

މީގެ އިތުރުން، މި ސަރަހައްދުގައި އިމިގްރޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް މަގުފަހިވެގެންދާނެ އެވެ.

އިމިގްރޭޝަނުން ކުޅުދުއްފުށީގައި ހުޅުވި މި އޮފީހާއެކު މިހާރު ރާއްޖޭގައި އިމިގްރޭޝަންސްގެ ރީޖަނަލް 2 އޮފީސް ހުންނާނެއެވެ. އެއީ، ކުޅުދުއްފުށީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫގައެވެ. 

ކިޔުންތެރިންގެ ހިޔާލު