ENGLISH
15 ފެބްރުއަރީ 2026
ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހި މިއަދު އާއްމުންނަށް ހުޅުވާލަނީ
15 ފެބްރުއަރީ 2026
|
ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގައި މަސައްކަތްތައް-- ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމާލައި މިއަދު އާއްމުކޮށް ހުޅުވާލާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ ބައިބަޔަށް ބަހާލައިގެންނެވެ. މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ރަސްމީ ފާލަން ސަރަހައްދުން ފެށިގެން ދަތުރުވެރިންގެ މާރުކޭޓާ ހަމައަށް މިހާރު ވަނީ ތާރުއަޅައި ނިންމައި އާންމުންނަށް ހުޅުވާލާފައެވެ.
މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ދަތުރުވެރިންގެ މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި މިހާރު ކުރިއަށްދަނީ އަންގާރަ ދުވަހު މަގު ހުޅުވާލުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ. އެގޮތުން މިހާރު ކުރިއަށްދަނީ މަގުގައި ދުއްވާ އުޅަނދުފަހަރަށް ފަސޭހަވާނެހެން ނިޝާންތައް ކުރެހުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތްތަކެވެ.
ބޮޑުތަކުރުފާނު މަގުގެ މާރުކޭޓު ސަރަހައްދަކީ ރަމަޟާން މަހު ވަރަށް ބޮޑަށް ބާރުބޮޑުވާ ސަރަޙައްދެކެވެ. މަގު ފުޅާކޮށް ތާރުއަޅައި ނިމުމުން މަގު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ތަރައްގީ ކޮށްފައިވެއެވެ. އަދި އެ މަގު ފުޅާކުރުމަށް ފަޅުތެރެ ހިއްކައިގެން ހަ މީޓަރުގެ ސަރަހައްދެއް ވަނީ މަގަށް އިތުރުކޮށްފައެވެ.
މި މަގު ހުޅުވުމާއެކު، ބަނދަރު ސަރަހައްދުގެ ތޮއްޖެހުން ކުޑަވެ، މުދަލާއި މީހުން އުފުލުމުގައި ބޮޑު ލުޔެއް ލިބިގެންދާނެއެވެ.