ENGLISH

15 ފެބްރުއަރީ 2026

Advertisement

ރަމަޟާން މަހު އެމްއެމްއޭ ހުޅުވާފައި ހުންނާނީ 9 އިން 1 އަށް

15 ފެބްރުއަރީ 2026

|

ހަނާން އަހުމަދު ނައީމް

އެމްއެމްއޭ އޮފީސް. ފޮޓޯ: އެމްއެމްއޭ

1447 ވަނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަސްތަކުގެ ތެރެއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޚިދުމަތްތައް ލިބޭނެ ގަޑިތައް އާންމުކޮށްްފިއެވެ.

ސަރުކާރު ބަންދު ދުވަސް ފިޔަވަައި ކޮންމެ ދުވަހަކު އެމްއެމްއޭގެ ޚިދުމަތްތައް ލިބެމުންދާނެއެވެ.

އެމްއެމްއޭއިން ބުނީ އެ އޮތޯރިޓީ ހުޅުވާފައި ހުންނާނީ، ހެނދުނު 09:00 އިން މެންދުރުފަހު 01:00 އާ ހަމައަށް ކަމަށެވެ.

އެ އޮތޯރިޓީގެ ބޭންކިންގ ޚިދުމަތްތަކާއި، ސިޓީއާއި ތަކެތި ބަަލައިގަތުމަށް ހަމަޖެހިފައިވާ ވަގުތަކީ ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:00 އާ ހަމައަށެވެ.

ރޯދަމަހުގެ ރަސްމީ ގަޑިތައް ރައީސް އޮފީހުން އިއުލާންކޮށްފައިވާ އިރު، ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ދުވަސްތަކާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 01:00 އަށް ކަމުގައިހަމަޖައްސައި އެކަމާ ބެހޭ ދެންނެވުމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރެފައިވަނީ 2022 ވަނަ އަހަރުއެވެ.

ރަމަޟާން މަހުގެ މަސައްކަތު ގަޑި ކުރުކުރުމުގެ މަގުސަދަކީ މުވައްޒަފުންނަށް ލުއިފަސޭހަކަން ހޯދައިދިނުމާއި، ދީނީ އަޅުކަންތަކުގައި އިތުރަށް ބައިވެރިވުމަށް ފުރުސަތު ދިނުންކަމަށް ވެސް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު