ENGLISH
15 ފެބްރުއަރީ 2026
އިންތިހާބުގެ ކުރިން ޕީއެންސީއަށް 69 ގޮނޑި، އެމްޑީޕީއަށް ހަ ގޮނޑި
15 ފެބްރުއަރީ 2026
|
އިންތިހާބެއްގެ ވޯޓުލުން ކުރިއަށްދަނީ، ފޮޓޯ: މިހާރު
އެންމެ މަޤްބޫލު
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ 69 ގޮނޑި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއަށް ކަށަވަރުވެއްޖެއެވެ.
އިންތިހާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، އިންތިޚާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލާފައިވާ ދާއިރާތަކާއި، ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ގުރުއަތުލުން އޮންނަ ތަނުގައި ނަންތައް އިއުލާނުކުރުމުގެ ކުރިން ނަން އަނބުރާ ގެންދިޔުމާ ގުޅިގެން އިންތިހާބުވި ކެންޑިޑޭޓުންގެ ލިސްޓު މިއަދު އިލެކްޝަން ކޮމިޝަނުން ވަނީ އާއްމު ކޮށްފަ އެވެ.
މި ހިސާބުތަކަށް ބަލާއިރު ލޯކަލް ކައުންސިލްތަކުގެ 28 ގޮނޑި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ 41 ގޮނޑި ކޮންގްރެސް ޕާޓީއަށް ވަނީ ލިބިފައެވެ. މީގެ ތެރޭގައި ހއ. ބާރަށު، އއ. ހިމަންދޫ، އދ. ކުނބުރުދޫ، އދ. މަންދޫ އެ އަތޮޅު ދިއްދޫ، ލ، މުންޑޫ ކައުންސިލުގެ ރައީސްގެ ގޮނޑިވެސް ހިމެނެއެވެ. އިދިކޮޅު އެމްޑީޕީއަށް އިންތިހާބަކާ ނުލައި ހަ ގޮނޑި ލިބުނުއިރު އެއީ ލޯކަލް ކައުންސިލްތަކުގެ އެއް ގޮނޑިއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ފަސް ގޮނޑި އެވެ.
ކައުންސިލްތަކުގެ ގޮނޑިތައް އިންތިހާބަކާ ނުލައި ސިޔާސީ ޕާޓީތަކަށް ލިބިފައިވާ ގޮތް:
ކޮންގްރެސް ޕާޓީ (ޕީއެންސީ)- 28 ގޮނޑި
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)- 1 ގޮނޑި
އަމިއްލަގޮތުން- 3 ގޮނޑި
އަދާލަތު ޕާޓީ- 1 ގޮނޑި
ޑަބުލިއުޑީސީގެ ގޮނޑިތައް އިންތިހާބަކާ ނުލައި ސިޔާސީ ޕާޓީތަކަށް ލިބިފައިވާ ގޮތް:
ކޮންގްރެސް ޕާޓީ (ޕީއެންސީ)- 41 ގޮނޑި
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)- 5 ގޮނޑި
އަމިއްލަގޮތުން- 2 ގޮނޑި
އަދާލަތު ޕާޓީ- 1 ގޮނޑި
މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. މިފަހަރުގެ އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ.
ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.