ENGLISH

10 ފެބްރުއަރީ 2026

Advertisement

ގޭހަކަށް ނުޖެހޭނެ، އަންނަ ހަފްތާގައި ކޮންޓްރޯލް ދޫކޮށްލާނެ

09 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

މޯލްޑިވްސް ގޭސް އިވެންޓެއް --

މޯލްޑިވްސް ގޭސް ހުސްނުވެ ލިބޭނެ ކަމުގެ ކަމުގެ ޔަގީންކަން އެ ކުންފުނި ހިންގާ އެސްޓީއޯ އިން ދީފި އެވެ.

ގޭސް ހުސްވެއްޖެ ކަމަށް ބުނެ ވާދަވެރީން ދަނީ ދޮގު ވާހަކަތައް ފަތުރަމުންނެވެ. ރައްޔިތުންނާއި ގުޅުންހުރި މިފަދަ ހައްސާސް އަދި އަސާސީ ކަމެއްގައި ދޮގު ވާހަކަތައް ފަތުރަމުން ދަނީ ސަރުކާރު ބަދުނާމު ކުރުމުގެ ބޭނުމުގައި ރާވައިގެންނެވެ.

އެސްޓީއޯ އިން ބުނީ ގޭސް ފޯރުކޮށް ދެމުންދާ ކަމަށާ ނަމަވެސް ސަޕްލައި ޗޭނަށް ދިމާވި މައްސަލައަކާއި ގުޅިގެން މިހާރު ވިއްކަމުން ދަނީ ހަތް ކިލޯގެ ގޭސްފުޅި ކަމަށެވެ. ނަމަވެސް ހަތް ކިލޯގެ ގޭސްފުޅި ވިއްކަމުން ދަނީވެސް ހެޔޮ އަގެއްގަ އެވެ.

އެ ކުންފުނިން ބުނީ ސަޕްލައި ކުރީގެ ހާލަތަށް ގެނެސް އަންނަ ހަފްތާއިން ފެށިގެން ގޭސް ކުރިއެކޭ އެއްގޮތަށް ވިއްކަން ފަށާނެ ކަމަށެވެ. އަދި ގޭހަށް ނުޖެހޭނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދީފައިވެ އެވެ.

އެ ކުންފުނިން ބުނީ ކުރިއަށް އޮތް ރޯދަ މަހަށް ގޭސް ލިބުމުގައި އެއްވެސް ދައްޗެއް ދިމާ ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު