ENGLISH

08 ފެބްރުއަރީ 2026

Advertisement

މެންސް އޭޝިއާ ކަޕް: ރާއްޖޭގެ ފިރިހެން ނެޓްބޯޅަ ޓީމަށް ބްރޯންޒް މެޑަލް

08 ފެބްރުއަރީ 2026

|

މުޙައްމަދު އަދުހަމް

މުބާރާތުގައި ވާދަކުރީ ރާއްޖޭގެ ފިރިހެން ނެޓްބޯޅަ ޓީމުގެ ކުޅުންތެރިން. --ފޮޓޯ: ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އޭޝިއާ ކަޕްގައި މިއަދު ކުޅުނު ތިންވަނަ ހޮވާ މެޗުގައި ޖަޕާން އަތުން ރާއްޖޭގެ ފިރިހެން ނެޓްބޯޅަ ޓީމު މޮޅުވެ، އެ މުބާރާތުން ބްރޯންޒް މެޑަލް ހާސިލްކޮށްފިއެވެ.

ރާއްޖޭން ވަނީ މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި މިއަދު ޖަޕާން އަތުން 28-21 އިން މޮޅުވެފައެވެ.

މި މުބާރާތުގައި ރާއްޖޭން ވަނީ ރައުންޑް ރޮބިން ބުރުގައި ކުޅުނު މެޗުގައި ވެސް ޖަޕާން ބަލިކޮށްފައެވެ. ރާއްޖެ ބަލިވީ މެލޭޝިއާ އާއި ހޮންގކޮންގު އަތުންނެވެ.

މި މަހުގެ 5 އިން 8 ގެ ނިޔަލަށް ކުރިއަށްދިޔަ މުބާރާތުގައި މުޅިއެކު ހަތަރު ޓީމު ވާދަކުރިއެވެ. އެއީ، ރާއްޖޭގެ އިތުރުން މެލޭޝިއާ އާއި ހޮންގކޮންގު އަދި ޖަޕާނެވެ.

މިއީ މި ސަރަހައްދުގެ ފިރިހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ ފުރަތަމަ ނެޓްބޯޅަ މުބާރާތެވެ.

ކިޔުންތެރިންގެ ހިޔާލު