ENGLISH

08 ފެބްރުއަރީ 2026

Advertisement

މެންސް އޭޝިއާ ކަޕް: ޖަޕާން އަތުން ރާއްޖެއަށް މުހިއްމު މޮޅެއް

07 ފެބްރުއަރީ 2026

|

މުޙައްމަދު އަދުހަމް

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ނެޓްބޯޅަ ޓީމު. ފޮޓޯ: ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އޭޝިއާ ކަޕްގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ފިރިހެން ނެޓްބޯޅަ ޓީމުން ޖަޕާން އަތުން މުހިއްމު މޮޅެއް ހޯދައިފިއެވެ.

ރާއްޖޭން ކުޅުނު ފުރަތަމަ ދެ މެޗުގައި މެލޭޝިއާގެ އިތުރުން ހޮންގކޮންގު އަތުން ވަނީ ބަލިވެފައެވެ.

މުބާރާތުގައި ރާއްޖޭން މިއަދު ކުޅުނު މެޗުގައި ޖަޕާން އަތުން މޮޅުވީ 24-18 އިންނެވެ.

މި މަހުގެ 5 އިން 8 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި މުޅިއެކު ހަތަރު ޓީމު ވާދަކުރެއެވެ. އެއީ، ރާއްޖޭގެ އިތުރުން މެލޭޝިއާ އާއި ހޮންގކޮންގު އަދި ޖަޕާނެވެ.

މިއީ މި ސަރަހައްދުގެ ފިރިހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ ފުރަތަމަ ނެޓްބޯޅަ މުބާރާތެވެ.

މުބާރާތުގައި ރާއްޖެ އަށް ދެން އޮތީ ތިންވަނަ ހޮވާ މެޗުގައި ޖަޕާނާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. މި މެޗު ފަށާނީ މާދަމާ ރާއްޖޭގަޑިން ހެނދުނު 10:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު