ENGLISH

07 ފެބްރުއަރީ 2026

Advertisement

ނޮވެންބަރު 11 ގައި ކްރިއޭޓަރ ހަބް ހުޅުވަނީ

07 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ކްރިއޭޓަރ ހަބް ގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ؛ ބީސީސީ

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ.) އިން މާލޭގައި އިމާރާތް ކުރަމުންދާ ކްރިއޭޓަރ ހަބް އިމާރާތް މި އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ހުޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، މި  އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

މިގޮތުން ރައީސް ވިދާޅުވީ މި އިމާރާތަކީ ދިވެހިރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ވަކިން ޚާއްސަކޮށް، ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ތަރައްގީ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، މި އިމާރާތުގައި ދިވެހި ފަންނުވެރިންނަށް، އުފެއްދުންތެރިންނަށް ޚާއްޞަ މަސައްކަތް ކުރުމުގެ ޖާގަތަކެއް ޤާއިމުކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ކުދި ވިޔަފާރިތަކަށް ދޭ އެންމެހައި ޚިދުމަތްތައް، އެއް ފުރާޅެއްގެ ދަށުން ދެވޭ ޚާއްޞަ މަރުކަޒަކަށް މިތަން ވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މި އިމާރާތުގެ 8 ވަނަ ފަންގިފިލާގެ ޝީޓު އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، އިރާދަކުރެއްވިއްޔާ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި، މި އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ހުޅުވާނަން." - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އަދި މި އިމާރާތުގައި، ދިވެހި އެންމެ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ބީ.ސީ.ސީ.އިން ދެމުންދާ ކޮންސަލްޓަންސީގެ ޚިދުމަތްތަކާއި، ވިޔަފާރީގެ މަސައްކަތުގެ ޖާގަތަކާއި އަދި އޮތެންޓިކް މޯލްޑިވްސްގެ މާލެ ފިހާރަވެސް ގާއިމު ކުރެވިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު