ENGLISH

07 ފެބްރުއަރީ 2026

Advertisement

ރާއްޖޭގެ ވިޔަފާރީގެ މައި މަރުކަޒަކަށް ކުޅުދުއްފުށި ސިޓީ ހަދާނަން: އިބްރާހިމް ހަސަން

07 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އިބްރާހިމް ހަސަން. ފޮޓޯ؛ޕީއެންސީ

ރާއްޖޭގެ ވިޔަފާރީގެ މައި މަރުކަޒަކަށް ކުޅުދުއްފުށި ސިޓީ ހެދުމަކީ އަމާޒެއްކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ. 

ކުޅުދުއްފުށި ސިޓީގައި ޕީއެންސީގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން އިބްރާހީމް ހަސަން ވިދާޅުވީ ވޭތުވެދިޔަ ދައުރުތަކުގައި އެ ސިޓީގެ އިގްތިސާދީ ފުދުއްތެރިކަން އިތުރުކުރުމަށް އެކަށީގެންވާ ވަރަށް ވުރެ ގާތަށް ވެސް މަސައްކަތް ކޮށްފައި ނުވާކަމަށެވެ. 

އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރެއިން އެންމެ ބޮޑަށް ވިއްކި ހޯމް ސްޓޭ ވީތަންވެސް ނޭނގޭ ކަމަށާއި ރައްޔިތުން ތިބީ މާލީ ގޮތުން ނުހަނު ދަތި ހާލުގައިކަމަށް އިބްރާހިމް ހަސަން ވިދާޅުވިއެވެ.

ތަރައްގީގެ ނަމުގައި އެމްޑީޕީގެ ސަރުކާރުތަކުން ކުރި ކަންކަމުން ރައްޔިތަކަށް ވީ ފައިދާއެއް ނެތްކަމަށް ވިދާޅުވެ، އޭނާގެ ވައުދުތައް ސަރުކާރާ ގުޅިގެން ހަގީގަތަކަށް ހައްދަވާދެއްވައި ނަތީޖާ ނެރެދެއްވާނޭކަމަށް އިބްރާހިމް ހަސަން ވިދާޅުވިއެވެ.

"ތިޔަ ލޮބުވެރި ރައްޔިތުން އަޅުގަނޑާ މިކަން ހަވާލުކޮށްފިނަމަ މި ސިޓީ ވެގެންދާނީ 21 ވަނަ ގަރުނުގައި ކުރިއަރާފައިވާ ޒަމާނީ އިގްތިސާދީ ގޮތުން އުއްމީދީ ސިޓީއަކަށް. އަޅުގަނޑުގެ އަމާޒަކީ ކުޅުދުއްފުށްޓަކީ ރާއްޖޭގެ ކޮމާޝަލް ކެޕިޓަލް ކަމުގައި ހެދުން. ހުރިހާ ވިޔަފާރިތަކަކަށް ފުރުސަތު އޮންނަ ތަރައްގީގެ މަންފާ ކޮންމެ ރައްޔިތަކަށް ކުރާނޭ އިގްތިސާދީ ގޮތުން އުއްމީދީ ސިޓީއަކަށް މި ސިޓީ ހަދާނަން.  " - ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އިބްރާހިމް ހަސަން

އުމްރާނީ ތަރައްގީއާ ގުޅިފައިވާ ބައިނަލްއަގްވާމީ ހަނިމާދޫ އެއާޕޯޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިބްރާހިމް ހަސަން ވިދާޅުވީ އެ އެއާޕޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ކުޅުދުއްފުށި ސިޓީ ފައްކާ ކުރާނޭކަމަށެވެ.

ބްލޮކް ގްރާންޓާއި ކައުންސިލުން އެކަށައަޅާ ބަޖެޓުން ރައްޔިތުންނަށް ފައިދާ ނުވާނަމަ އެއީ މައްސަލައެއް ކަން ފާހަގަކުރައްވަމުން ކައުންސިލަށް ލިބޭ ކޮންމެ ފައިސާ ފޮއްޗެއް ހަރަދުކުރައްވާނީ ރައްޔިތުންނަށް މަންފާ ހޯދައިދިނުމަށް ކަމަށް ވިދާޅުވެ އެ ޔަގީންކަން އިބްރާހިމް ހަސަން ވަނީ ދެއްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު