ENGLISH

07 ފެބްރުއަރީ 2026

Advertisement

އެމްޑީޕީ މުސްކުޅިވެއްޖެ، 2008 ގެ ސިޔާސަތުތައް މި ޒަމާނަކު ނުވިކޭނެ: ފަލާހް

07 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ފަލާހް ރޭގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަނީ. ފޮޓޯ: ޕީއެންސީ

އިދިކޮޅު އެމްޑީޕީ މުސްކުޅިވެއްޖެކަމަށް ކަމަށާއި، 2008 ގައި އެ ޕާޓީން ރައްޔިތުންނަށް ވިއްކި ސިޔާސަތުތައް މި ޒަމާނަކު ނުވިކޭނެކަމަށް ވިދާޅުވެ، ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު އެ ޕާޓީއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

ކޮންގްރެސް ޕާޓީ ކުޅުދުއްފުށީ ސިޓީގެ ކެމްޕެއިން ލޯންޗް ކުރަން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފަލާހު ވިދާޅުވީ އެމްޑީޕީއަކީ ޒުވާނުންނަށް ފުރުސަތުދޭ ޕާޓީއެއް ނޫންކަމަށެވެ. ގާނުނުގައި އޮންނަ ގޮތަށް ސިޔާސީ ޕާޓީތަކަށް ފައިސާ ދިން އިރު މިފަހަރުވެސް ދެ ވަނަ އަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބުނީ އެމްޑީޕީއަށް ކަމަށާއި އެހެނަސް ކައުންސިލް އިންތިހާބުގައި ވާދަކުރި އެ ޕާޓީގެ މެމްބަރުން ހަރަދުކުރަންޖެހުނީ އެ މެމްބަރުންގެ އަމިއްލަ ޖީބުންކަމަށް ފަލާހު ވިދާޅުވިއެވެ. ޕީއެންސީ ތަފާތުވާނޭކަމަށާއި، ޕާޓީއަށް ލިބޭ ފައިސާ ހަރަދުކުރަމުންދަނީ އާއްމު މެމްބަރުންގެ ހައްގުގައިކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.

ރައިސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒަކީ ރައްޔިތުންގެ ހިޔާލާއިއެކު ވެރިކަން ކުރައްވާ ބޭފުޅެއްކަމުން އެމަނިކުފާނާއެކު ކުރިއަށްދާންވީ މަގު ސާފުކަމަށް ފަލާހު ވިދާޅުވިއެވެ. ސިޔާސަތުތަކަށް ބަލާނަމަ އެމްޑީޕީއަކީ މިހާރު "މުސްކުޅިވެފައި" އޮތް ޕާޓީއެއްކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.

"ޒުވާން ލީޑަރެއް ނެތް. ޒުވާން ސިޔާސަތެއް ނެތް. މުޅީން 2008 ގައި ވިއްކަން އުޅުނު ސިޔާސަތުތައް އަދިވެސް ވިއްކަން އެ އުޅެނީ އެ ނުވިކޭ މިހާރަކު. އެ ނުހިނގާ މިހާރަކު. އެމްޑީޕީން ޒުވާނުންނަށް ފުރުސަތު ދޭންޖެހޭ އެބަ. " - ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު

މިހާރުވެސް ސަރުކާރަށް ތާއީދު އޮތް މިންވަރު ހާމަވާކަމަށާއި އެމްޑީޕީއަށް ވާދަކުރަން ނުކެރުމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ގިނަ ގޮޑިތައް ޕީއެންސީއަށް "ފްރީ"ކޮށް ލިބެމުންދާކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ މި ކާމިޔާބީތަކާއެކު ކުރިއަށް އޮތް އިންތިހާބު ޕީއެންސީން ކާމިޔާބު ކުރާނީ 80 އިންސައްތައިން މަތިންކަމަށެވެ.

ޒުވާނުންނަށް ފުރުސަތުދީ އެމްޑީޕީން ވިއްކާ ސިޔާސަތުތައް އައު ކުރަންޖެހޭކަމަށް ފަލާހު ވިދާޅުވީއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދިގު 30 އަހަރު ހިންގެވީ އާއިލީ ވެރިކަމެއް ކަމަށް ބުނެ އެކަމާ އެންމެ ބޮޑަށް ދެކޮޅުހެދި އެމްޑީޕީ ވެސް އާއިލީ ވެރިކަމަކާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް ބުނެ އެ ޕާޓީގެ އާއްމު މެމްބަރުންވެސް އަންނަނީ ފާޑުކިޔަމުންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވަމުން އަންނަ ބޭފުޅުންގެ ތެރޭގައި ވެސް ޒުވާން ބޭފުޅުން ހިމެނިވަޑައި ނުގަންނަވާކަން ފާހަގަކޮށްލަންޖެހެއެވެ. 

ކިޔުންތެރިންގެ ހިޔާލު