ENGLISH
06 ފެބްރުއަރީ 2026
ރަމަޟާން މަހާއި ހަ ރޯދަ ނިމެންދެން ކުނިި ނަގާ ވަގުތުތަކަށް ބަދަލުތަކެއް
06 ފެބްރުއަރީ 2026
|
ވެމްކޯއިން ކުނި ނަގަނީ، ފޮޓޯ: ރާއްޖެޓީވީ
އެންމެ މަޤްބޫލު
އަންނަ އާދިއްތަ ދުވަހުން ފެށިގެން ރަމަޟާން މަހާއި ހަ ރޯދަ ނިމެންދެން މާލެ ސަރަހައްދުގައި ކުނި އުކާލާ ގަޑިތައް އާއްމުކޮށްފިއެވެ.
ވޭސްޓު މެނޭޖުމަންޓް ކޯޕަރޭޝަން(ވެމްކޯ) އިން ބުނީ ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އާދިއްތަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން މާލޭގެ ގޭބީސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:30 އިން 2:00 އާ ދެމެދުގައި ކަމަށެވެ. އަދި ހުޅުމާލޭގެ ގޭބީސީތަކުން ކުނި ނަގާނީ ރޭގަނޑު 21:00 އިން 2:30 އަށެވެ. މީގެ އިތުރުން ވިލިމާލޭގެ ގޭބީސީތަކުން މި މުއްދަތުގައި ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:00 އިން 1:00 އަށެވެ.
ކުނިނަގަންފަށާ ވަގުތަށްވުރެ ލަހުން ކުނި ނެރޭ ގޭބިސީތަކަށް ހިދުމަތްދިނުމުގައި ދަތިވާނެތީ، ކުނިނަގާ ވަގުތުގެ ކުރިން ކުނިތައް ނެރުމަށް ވެމްކޯއިން އިލްތިމާސްކުރެއެވެ.
އަދި މި އަހަރު ރަމަޟާން މަހާ ގުޅިގެން، ގޭތެރެ ސާފުކުރުމަށް ފަހު މަގު މައްޗަށް ކުނި ނޭޅުމަށާއި ގޭތެރެ ސާފުކުރުމަށް ފަހު ކުނި ނައްތާލުމަށް ކުނި މެނޭޖްކުރުމުގެ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ވެސް ތަކުރާރުކޮށް އެ ކުންފުނިން އަންނަނީ އިލްތިމާސްކުރަމުންނެވެ.