ENGLISH
06 ފެބްރުއަރީ 2026
ޕީއެންސީގެ ލީޑަރޝިޕް ކުޅުދުއްފުށީގައި، ކެމްޕޭން ޖަލްސާ މިރޭ އޮންނާނެ
06 ފެބްރުއަރީ 2026
|
ޕީއެންސީގެ ލީޑަރިޝޕް ކުޅުދުއްފުއްޓަށް ވަޑައިގަތުން. އެ ސިޓީގައި މިރޭ ޕާޓީގެ ޖަލްސާއެއް އޮންނާނެ. ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ކެމްޕެއިން ރަސްމީކޮށް ފެއްޓުމަށްޓަކާ ސަރުކާރު ހިންގާ ޕީއެންސީގެ އިސް ބޭފުޅުން އައްޑޫއާއި ކުޅުދުއްފުއްޓަށް ފުރާފިއެވެ.
ޕީއެންސީން ހާމަކުރި ގޮތުގައި މި ދަތުރުގައި ކެމްޕޭން މެނޭޖަރު އަދި ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު އިސްކޮށް ބައިވެރިވާނެއެވެ. މިގޮތުން ކުޅުދުއްފުށީގެ ބާއްވާ ޙައްސަ ޖަލްސާ މިރޭ އޮންނާނެ ކަމަށެވެ. އައްޑޫ ސިޓީގެ ކެމްޕޭން ރަސްމީކޮށް ލޯންޗްކުރުން އޮންނާނީ މާދަމާއެވެ.
އިންތިހާބުގެ ތަފާތު ހިސާބުތަކަށް ބަލާއިރު މިފަހަރުގެ ކައުންސިލް އިންތިޙާބުގައި 6 ޕާޓީއަކުންނާއި އަމިއްލަ ގޮތުން ޖުމްލަ 1611 ކެންޑިޑޭޓުން ވާދަކުރާނެއެވެ. އޭގެތެރެއިން އެންމެ ގިނައީ ޕީއެންސީގެ 665 ކެންޑިޑޭޓުންނެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ އިދިކޮޅު ޕާޓީ އެންޑީޕީއިންނެވެ. މީގެ އިތުރުން އެމްޑީއޭ،ޖުމްހޫރީ ޕާޓީ، ދަ ޑިމޮކްރެޓްސް އަދި އަދާލަތު ޕާޓީން ވެސް ވާދަކުރެއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައިވެސް އެންމެ ގިނަ މީހުން ނެރެފައި ވަނީ ޕީއެންސީންނެވެ. އެއީ 658 ކެންޑިޑޭޓުންނެވެ.
މި އިންތިޙާބަށް ތައްޔާރުވުމުގެ ގޮތުން ޕީއެންސީގެ ލީޑާޝިޕުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފޯރިގަދަ ހަރަކާތްތަކެއް ހިންގަމުންނެވެ.