ENGLISH

06 ފެބްރުއަރީ 2026

Advertisement

ނިއުޒީލެންޑްގެ ޤައުމީ ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ވެރީންނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

06 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ނިއުޒީލަންޑްގެ ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސޯން (ކ) ގަވަނަރ ޖެނެރަލް އޮފް ނިއުޒީލަންޑް (މ) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު (ވ)

ނިއުޒީލެންޑްގެ ވައިޓެންގްއީ ޑޭ ނުވަތަ އެ ޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ގަވަނަރ ޖެނެރަލް އޮފް ނިއުޒީލަންޑް، ނިއުޒީލަންޑް އޯޑަރ އޮފް މެރިޓް (ޖީ.އެން.ޒީ.އެމް)، (ކިއު.އެސް.އޯ) ޑޭމް ސިންޑީ ކީރޯ އަށާއި، ނިއުޒީލަންޑްގެ ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސޯންއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ ފޮނުއްވައިފިއެވެ.

ނިއުޒީލަންޑްގެ ގަވަނަރ ޖެނެރަލަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި "ޓްރީޓީ އޮފް ވައިޓަންގްއީ"ގެ އަސާސްތައް ކަމަށްވާ އެއްބައިވަންތަކަމާއި، އެކުވެރިކަމާއި އިޙްތިރާމް ކުރުމުގެ މައްޗަށް ބައްލަވާލައްވާފައިވެ އެވެ. އަދި، މި އަސާސްތަކަކީ ނިއުޒީލަންޑްގެ ގައުމިއްޔަތު ބައްޓަންވެފައިވާ އަސާސްތަކެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި ނިއުޒީލަންޑާ ދެމެދު އޮތް އެކުވެރިކަމުގެ ބަދަހި ގުޅުން ފާހަގަކުރައްވައި، އެކި ދާއިރާތަކުން އެއްބާރުލުންދީ އެފަދަ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމި އޮތް ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ދެޤައުމުގެ ގުޅުން ތަރައްޤީވެ، ގާތް ރަހުމަތްތެރިކަމެއް އުފެދިފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި، އެޤައުމުން ރާއްޖެއަށް މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، އެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނޭ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ގަވަރުނަރު ޖެނެރަލާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށާއި، ތަނަވަސްކަމާއި އަމާންކަމަށް އެދިވަޑައިގެން، ނިއުޒީލެންޑްގެ ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ.

މީގެ އިތުރުން މިއަދު ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައިވެސް ވައިޓަންގްއީ ދުވަހާ ގުޅިގެން ޕޯސްޓެއް ހިއްސާކުރައްވާފައެވެ. މި ޕޯސްޓްގައި، ވައިޓަންގްއީ ދުވަހަކީ ކުރިއެރުމާއި ޤައުމީ އެއްބައިވަންތަކަމާ ގުޅިފައިވާ މުހިންމު ދުވަހެއްކަން ފާހަގަކުރައްވާފައިވެ އެވެ.

ނިއުޒިލޭންޑްގެ ފައުންޑިންގް ޑޮކިއުމެންޓް، "ޓްރީޓީ އޮފް ވައިޓަންގްއީ" ގައި ސޮއިކުރި ދުވަސް ފާހަގަކުރުމުގެ ގޮތުން، ކޮންމެ އަހަރެއްގެ ވެސް ފެބުރުވަރީ މަހުގެ 6 ވަނަ ދުވަސް، އެ ޤައުމުން ފާހަގަކުރަނީ ވައިޓަންގްއީ ޑޭގެ ގޮތުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު