ENGLISH

06 ފެބްރުއަރީ 2026

Advertisement

އާރްޓީއެލް ހިދުމަތް ނުފެށި އޮތް އަށް އަތޮޅުގައި ހަ މަސްތެރޭ ހިދުމަތް ތައާރަފުކުރެވޭނެ

06 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

އާރްޓީއެލްގެ ހިދުމަތް މުޅި ރާއްޖެއަށް ހަ މަސް ތެރޭ ފުޅާކުރެވިގެންދާނެ

ކަނޑުދަތުރުފަތުރުގެ ވިއުގައަކުން ރާއްޖޭގެ ރަށްތަކާއި އަތޮޅުތައް ގުޅުވައިލުމަށް ހިންގަމުންދާ ރާއްޖެ ޓްރާންސްޕޯޓު ލިންކު (އާރްޓީއެލް) މަޝްރޫއުގެ ތެރެއިން ފެރީގެ ހިދުމަތް ތައާރަފުކުރެވިފައިނުވާ އަށް އަތޮޅުގައި ކުރިއަށް އޮތް ހަ މަސް ތެރޭ އެ ހިދުމަތް ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މި އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމަށް އިއްޔެ ބޭއްވި މި އަހަރުގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ފާއިތުވި އަހަރ ތިން އަތޮޅެއްގައި ސްޕީޑް ފެރީގެ ހިދުމަތް ފެށިފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސްވަނީ ތިން އަތޮޅެއްގައި އެ ހިދުމަތް ގާއިމުކުރެއްވުމަށް ވައުދުވެވަޑައިގެންފައެވެ. އަދި އެ ވައުދުފުޅާ އެއްގޮތަށް ތިން އަތޮޅެއްގައި އެ ހިދުމަތް 2025 ވަނަ އަހަރު ފެށުނެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒުވަނީ މި އަހަރު އެ ހިދުމަތް ފުޅާކުރުމަށް ނިންމަވާފައިވާ ގޮތްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މިހާރު އެ ހިދުމަތް ނުފެށި އޮތީ އަށް އަތޮޅެއްގަައިކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެ އަށް އަތޮޅުގައި ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އެ ހިދުމަތް ގާއިމުކޮށް ނިމޭނެ ކަމަށެވެ. 

" ނިމިދިޔަ އަހަރު 3 އަތޮޅެއްގައި ސްޕީޑް ފެރީގެ ޚިދުމަތް ވަނީ ފަށާފައި. އަދި، ޚިދުމަތް ޤާއިމު ނުވެ އޮތް 8 އަތޮޅުގައި ސްޕީޑް ފެރީގެ ޚިދްމަތް އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ޤާއިމްކޮށް ނިމޭނެ.،" ރައީސް ވިދާޅުވިއެވެ. 

އާރްޓީއެލް ހިދުމަތް ދެމެހެއްޓެނެވި ގޮތެއްގަައި ކުރިއަށްގެންގޮސް ކާމިޔާބުކުރުމަށް ރަށްރަށުގެ ލަފާފުރުމުގެ އުމްރާނީ ވަސީލަތްތައް ތަރައްގީކޮށް ފެންވަރު މަތިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިހާތަނަށް މި ސަރުކާރުން ބަނދަރު ހެދުމުގެ 14 މަޝްރޫއެއް ކުރިއަށް ގެންގޮސް ނިންމާފަައިވާ ކަމަށެވެ. 

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި 2025 ވަނަ އަހަރު ބަނދަރު ހެދުމުގެ 33 މަޝްރޫއެއްގެ އެއްބަސްވުންވނީ ގާއިމުކުރެވިއެވެ. އެ މަޝްރޫއުތައް ހިމެނޭ ގޮތަށް މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލ 102 މަޝްރޫއެއްގެ އަމަލީ މަސައްކަތްކުރެވެމުންދާއިރު މި އަހަރު އިތުރު 17 ރަށެއްގެ މަސައްކަތް ފެށޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

" އިރާދަކުރެއްވިއްޔާ މި 118 ބަނދަރު މަޝްރޫޢު ކުރިޔަށް އޮތް 19 މަސް ދުވަހުގެ ތެރޭގައި ނިންމާ ޙަވާލު ކުރާނަން. މި ނަތީޖާ ޙާސިލް ކުރުމުގެ ގޮތުން، އަދި ޚަރަދު ކުޑަކުރުމުގެ ގޮތުން، މަސައްކަތަށް ބޭނުންވާ ބޮޑު ހިލަ ބަލްކްކޮށް ގެނެސް ރާއްޖޭގައި ސްޓޮކްޕައިލް ކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާ ކުންފުނިތަކުން ގުޅިގެން ވަނީ ފަށާފައި.،" ރައީސް ވިދާޅުވިއެވެ. 

ސަރުކާރުން އަންނަނީ އަތޮޅު ތެރޭގެ ރަށްރަށުގައި ގާއިމުކުރެވިފައިވާ އުމްރާނީ ވަސީލަތްތައް ތަރައްގީކޮށް، ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމާއެކު، މިފަދައިން ގާއިމުކުރެވޭ ބިނާރުތައް މަރާމަތުކޮށް އާބާތުރަފިލުވައި ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތްކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު