ENGLISH
05 ފެބްރުއަރީ 2026
މޮރިޝަސްއަށް ފޮނުއްވި ސިޓީ ގެންނަވާކަން ރައީސުލްޖުމްހޫރިއްޔާ، އެ ޤައުމުގެ ބޮޑުވަޒީރަށް އަންގަވައިފި
05 ފެބްރުއަރީ 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
އެންމެ މަޤްބޫލު
ފޯޅަވަހީގެ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ އަނބުރާ ގެންނެވުމަށް ނިންމެވި ނިންމެވުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ރަސްމީކޮށް އެ ޤައުމަށް އަންގަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން ބުނީ ފޯޅަވަހީގެ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ އަނބުރާ ގެންނެވުމަށް ނިންމަވާ އެކަން މިއަދުގެ ރިޔާސީ ބަޔާނުގައި އިއުލާނު ކުރައްވާފައިވާތީ އެ އިއުލާނާއި އެއްގޮތަށް އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ރަސްމީކޮށް އެ ޤައުމަށް އަންގަވާފައިވާ ކަމަށެވެ.
އެމަނިކުފާނު ވަނީ ކަނޑުން ބައެެއް ގެއްލުމުގައި ބޮޑު ދައުރެއް އަދާކުރި ފޯޅަވަހީގެ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ އަނބުރާ ގެންނެވުމަށް ނިންމަވާފައިވާ މިއަދުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފަ އެވެ.
މިއަދުގެ ޖަލްސާގައި ރައީސް ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ގެއްލުނު ކަނޑުގެ ބައި ހިމެނޭހެން ކުރީން އޮތް މިންވަރު ކަމަށް ވެސް އިއުލާނު ކުރައްވާފަ އެވެ. އަދި އެކަން ކަނޑައަޅަން ޤާނޫނަށް ބަދަލު ގެންނަވާނެ ކަމުގައި ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވި ގޮތުގައި ނިމިދިޔަ ސަރުކާރުން ނިންމާފައިވާ ބައެއް ނިންމުންތަކުގެ ސަބަބުން ދިވެހި ދައުލަތަށް އިއާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ކަނޑުން ގެއްލުނު ބައި ހޯދުމަށް ކުރެވޭ މަސައްކަތަށް ސަރުކާރުން ލަފާހޯދި ބައިނަލްއަގްވާމީ މާހިރުން ވިދާޅުވެފައިވެ އެވެ.
އެއީ ބަލަން ޖެހޭ ކަންކަން ކަމުގައި ވިދާޅުވި އެވެ. އެހެން ކަމުން އެކަމުގައި ބައިވެރިވި މީހުންނާއި ސުވާލުކޮށް އެ ނިންމުންތައް ނިންމާފައިވާ ސަބަބުތައް ދެނެގަތުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެކަންކަމާ ގުޅޭ ގޮތުން ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ނަމަ އެކަން ކުރުމަށާއި އަދި އެފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން އެކަށައެޅުމަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ކޮމިޝަން އޮފް އިންކުއަރީއެއް އުފެއްދުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.