ENGLISH

05 ފެބްރުއަރީ 2026

Advertisement

ތިލަފުށީގައި ތަރައްޤީކުރާ ވިޔަފާރި ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފި

05 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ތިލަފުށީގައި ތަރައްޤީކުރާ ވިޔަފާރި ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހަވާލުކުރުން. ފޮޓޯ؛އެމްޕީއެލް

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެޗް.އީ.ސީ) އާ ހަވާލުކޮށް، އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކުޓިވް އޮފިސަރ، ޑީ.ސީ.ޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާނެވެ. ސީ.އެޗް.އީ.ސީގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރ މާއޯ ބާއޯއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ރިޝްވާން ވިދާޅުވީ ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ސިނާއަތާއި، އާންމު ރައްޔިތުންގެ ހައްގުގައިވެސް ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ (ރިޔާސީ ބަޔާނުގައި) ވަރަށް އިތުބާރާއެކު ވިދާޅުވީ ދިވެހިރާއްޖޭގެ ބަނދަރު 2027ގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަށް ނިންމައި، ހުޅުވެނެ ވާހަކަ. އެމް.ޕީ.އެލްގެ އުމުރުން 39 ފުރި، 40 އަހަރަށް ދަތުރުކުރަމުންދާއިރު، މި ކުންފުނީގެ ލީޑަރޝިޕްގެ ހުރިހާ ބޭފުޅުންގެވެސް އެއް އުންމީދަކީ އައު ޕޯޓަކަށް ބަދަލުވުން. ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނާ މި ހަވާލުކުރީ ވަރަށް ބޮޑު ޒިންމާއެއް." - އެމްޕީއެލްގެ ޗީފް އެގްޒެކުޓިވް އޮފިސަރ، ޑީ.ސީ.ޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާނެ

ރިޝްވާން ވިދާޅުވީ އެމް.ޕީ.އެލްގެެ ހުރިހާ މުވައްޒަފުން ގުޅިގެން، ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ އަމާޒު ހާސިލްކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ މައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ އަދުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން، ފަސް މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި މަސައްކަތް ފުރިހަމަކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.    

ކިޔުންތެރިންގެ ހިޔާލު