ENGLISH
05 ފެބްރުއަރީ 2026
ރައްޔިތުންގެ ޝަކުވާތައް ހުށައެޅޭނެ އޮފީހެއް, 24 ގަޑިއިރު ޚިދުމަތުގައި
05 ފެބްރުއަރީ 2026
|
އެންމެ މަޤްބޫލު
ރައްޔިތުންގެ ކަންބޮޑުވުމާއި ޝަކުވާތައް ކޮންމެ ވަގުތަކުވެސް ހުށައެޅޭނެ ގޮތަށް އެކަމަށް ޚާއްސަކޮށް އޮފީހެއް ޤާއިމު ކުރައްވާނެ ކަމަށް ރައިސުލްޖުމްހޫރީޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ރައިސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންނާއި ގާތުން ރައްޔިތުންގެ އަޑުއަހައިގެން ހިންގާ ސަރުކާރެއް ގޮތުގައި ހެދުމައް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ރައީސް އޮފީހުގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ ނަމަގައި ޚާއްސަ އިދާރާ އެއް ގާއިމު ކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ.
މި ބިއުރޯގެ އެންމެ ބޮޑު މަޤްސަދަކީ ސިޓީ، އީމެއިލް، ފޯނު، ރައްޔިތުންގެ އަޑު ،ޖެމްސް މެސެޖިންގ އަދި ސޯޝަލް މީޑިއާ ފަދަ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ޝާކުވާތައް ޒަމާނީ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މެނޭޖު ކުރުމެވެ.
މިގޮތުން އާޓިފިޝަލް އިންޓެލިޖެންސް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ސްޓޭޓް އޮފް ދި އާޓް އޮޓޮމޭޓެޑް ގާއިމު ކުރާނެ އެވެ. މި ސިސްޓަމްގެ ތެރެއިން ކޮންމެ ޝަކުވާއަކަށް ޓިކެޓެއް ރެއިސް ކުރެވި، އެ މަސައްސަލައަކަށް ޖަވާބު ލިބެންދެން މައްސަލަ ކުރިއަށްދާ ގޮތް ޓްރެކް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ އެވެ.
މީގެ އިތުރުން ސަރުކާރުގެ ވަކިވަކި އިދާރާތަކަށް ހުށަހެޅޭ ޝަކުވާތައް ވެސް ވަން ސިންގަލް ކޮމްޕްލެއިންޓްސް މެނޭޖްމަންޓް މެކޭނިޒަމް އެއްގެ ތެރެއިން ބަލައި އެ ތަންތަން ޒިންމާދާރުކުރުވާ އޯވަރއަރޗިންގ އިދާރާތެއް ގޮތުގައި މި ބިއުރޯ ހަރަކާތްތެރިވާނެ އެވެ.
މި ބިއުރޯއަށް މުވައްޒަފުން ހޯދުމުގެ ބަދަލުގައި ރައީސް އޮފީހާއި، އެކި އިދާރާތަކުގައި މިހާރުވެސް ތިބި ގާބިލު މުވައްޒަފުން މި މަސައްކަތަށް ބަދަލުކޮށް ބޭނުންވާ ފުރިހަމަ ތަމްރީންދޭ ކަމަށް ރައީސް ވިދާޅުވި އެވެ. މި އިދާރާގެ ޙިދުމަތް ކުރިއަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި ރަސްމީކޮށް ފެށިގެންދާނެ އެވެ.