ENGLISH
05 ފެބްރުއަރީ 2026
ހެޔޮ ބަދަލެއް: ކޮންމެ މީހަކަށް ވަކިން ގޯތި، ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަށް ކުުރިމަތިލެވޭނެ
05 ފެބްރުއަރީ 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަނީ --
އެންމެ މަޤްބޫލު
ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތަސް އަދި ބިންވެރިޔާ ސްކީމުން ދޫކުރި ޖޮއިންޓް ގޯތިތައް ދޫކޮށްލާނަމަ، އޭގެ ތެރެއިން ކޮންމެ މީހަކަށް ވަކީން ގޯތި ލިބޭނެ ގޮތަށް އުސޫލު ބަދަލުކުރަން ނިންމައިފި އެވެ.
އެ ނިންމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރެއްވީ މިއަދު އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.
ރައީސް ވިދާޅުވީ ބިންވެރިޔާ ސްކީމުން ބިން ލިބުނު އެތައް ބަޔަކު ޢާއިލީ އަދި އެހެނިހެން މައްސަލަތަކާހެދި ވަކިން ގޯތި ލިބުމަށް އެދެމުންދާ ކަމަށެވެ. އެހެން ކަމުން އެ މީހުންނަށް މިހާރު ލިބިފައިވާ ގޯތި އެންމެން ރުހި، އެއްކޮށް ދޫކޮށްލަން އެއްބަސްވާނަމަ، ވަކި ވަކިން އެންމެނަށް ގޯއްޗަށް ކުރިމަތިލެވޭނެ ގޮތަށް އުސޫލު ބަދަލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ތިމާގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ކުރިމަތި ލެވޭނެ ގޮތަށް އުސޫލު ބަދަލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން މިހާރު ރަސްމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ 15,000 ގޯތީގެ ތެރެއިން 1,000 ގޯތި އެކަމަށް ޚާއްސަ ކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ.
"ވަކި ކެޓެގަރީއެއްގެ ގޮތުގައި ތިމާގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަށް އެދި ހުށަހެޅޭނެ ގޮތަށް ވަރަށް އަވަހަށް ހުޅުވައިލާނަން،" ރައީސް ވިދާޅުވި އެވެ.