ENGLISH
07 ފެބްރުއަރީ 2026
ރާއްޖޭގެ މިނިވަންކަން ކަށަވަރުކޮށްދެއްވައި ރައީސް ދެއްވީ އުންމީދީ ރިޔާސީ ބަޔާނެއް: ޝަކީލް
05 ފެބްރުއަރީ 2026
|
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ އިއްޔެ އިއްވެވި ރިޔާސީ ބަޔާނަކީ ރާއްޖޭގެ މިނިވަންކަމާއި، އިޤްތިޞާދު ރައްކާތެރިކޮށްދެއްވާނެކަން ކަށަވަރުކޮށްދެއްވަވައި، އުންމީދީ ރިޔާސީ ބަޔާނެއްކަމަށް، ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޝަކީލް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނަށް އިއްޔެ ފަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް އެންމެ ފުރަތަމަވެސް ދެއްވީ ރާއްޖޭގެ މިނިވަންކަމަށާއި އިގްތިޞާދު ހިމާޔާތްކުރައްވާނެ ކަމުގެ ޔަގީންކަމެވެ. އެއަށް ފަހު ރާއްޖެއަށް ކުރިަތިވެފައިވާ ތަފާތު ބޮޑެތި މައްސަލަތަކަށް، ވަކިވަކިން އަލިއަޅުއްވަވައި ލައްވަވައި، އެކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ޚާއްސަކޮށް އެމަނިކުފާނުގެ މުޅި ރިޔާސީ ބަޔާން ބައްޓަންކުރެއްވީ ރާއްޖޭގެ ރައްޔިތުން، އެންމެހާ ފަރުދުންނަށް ލާބަޔާއި މަންފާ ލިބޭނެ، އެމަނިކުފާނުގެ ދުރުވިސްނުމާއި ހިކްމަތްތެރި، ރޭވުންތެރި، އުއްމީދުން ފުރިގެންވާ މަންޒިލަކަށް ރާއްޖޭ ދަތުރުކުރާނެ ގޮތަށެވެ.