ENGLISH

05 ފެބްރުއަރީ 2026

Advertisement

ޖަލްސާގެ ނިޒާމު ގެއްލުވާލަން މަސައްކަތްކުރި މީކާއީލްއާ ފިއްޓޭގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފި

05 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ރިޔާސީ ބަޔާން އިއްވެވުން --

މިހާރު ކުރިއަށްދާ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާގެ ނިޒާމު ގެއްލުވާލަން މަސައްކަތްކުރި އެމްޑީޕީގެ ދެ މެންބަރެެއްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފި އެވެ.

މަޖިލީހުގެ އައު ދައުރު ފެށުމުގެ ގޮތުން މިއަދު ބާއްވަވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެމަނިކުފާނު ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާއެކު އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ އަޑުގަދަކުރަންް ފަށާ މަޖިލީހުގެ ނިޒާމު ގެއްލުވާލުމުގެ މަސައްކަތް ފަށާފަ އެވެ.

އެގޮތުން ކަށިގަނޑު ފުހެ އަޑުގަދަކޮށް ހަޅޭވަން ފެށި އެވެ. އެކަންކަން އެ ގޮތަށް ނުކުރުމަށް މަޖިލީހުގެ ރިޔާސަތުން ތަކުރާރުކޮށް ނަސޭހަތްތެރިވި އެވެ. ނަމަވެސް އެ މެންބަރުން ގެންދިޔައީ އަޑުގަދަ ކުރަމުންނެވެ.

ޚާއްސަކޮށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ގެންދިޔައީ އަޑުގަދަކުރަމުންނެވެ. އެހެން ކަމުން އެ ދެ މެންބަރުންގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ވަނީ ބޭރުކޮށްފަ އެވެ.

އެމްޑީޕީގެ މަދު މެންބަރުންގެ ހަޅޭކުގެ އަޑާއެކުވެސް ރައީސް ގެންދެވީ ސާބިތުކަމާއެކު ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު