ENGLISH

05 ފެބްރުއަރީ 2026

Advertisement

މި އަހަރު ދިހަ ރަށެއްގައި އިސްލާމީ މަރުކަޒު އަޅަން ފަށާނެ: ރައީސް

05 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަނީ، ފޮޓޯ: ރައީސް އޮފީސް

ހިނގަމުންދާ 2026 ވަނަ އަހަރު ރާއްޖޭގެ ދިހަ ރަށެއްގައި އިސްލާމީ މަރުކަޒު އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފެށުމަށް ބޭއްވި ޖަލްސާގައި 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އިސްލާމްދީނުގެ އެންމެ މަތިވެރި ބިނާތަކަކީ މާތްﷲގެ ގެކޮޅުތައް ކަމުގައިވާ މިސްކިތްތައް ކަމަށެވެ. އަދި މިސްކިތްތަކަކީ އިސްލާމީ ޙަޟާރަތުގެ އެންމެ ޒީނަތްތެރި މަލަތައްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުން ރާއްޖޭގެ ރަށްރަށުން އެ ޒީނަތްތެރިކަން ފެންނަންޖެހޭނެ ކަމަށެވެ. 

އެގޮތުން މިސްކިތްތައް ބިނާކޮށް ތަރައްގީކުރުމަށް 2024 ވަނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެއްވުނުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ނިމުނު އަހަރު 74 މިސްކިތް ބިނާކުރުމާއި، ހަތް އިސްލާމީ މަރުކަޒެއް އެޅުމާއި ތިން ގުރުއާން މަރުކަޒކައި ހަ ވަގުފު ބިނާއެއްގެ މަސައްކަތް ހިމެނޭ ގޮތަށް ޖުމްލަ އިސްލާމީ ދާއިރާގެ 90 އުމްރާނި މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. 

އިތުރަށް ރައީސް ވިދާޅުވި ފާއިތުވި އަހަރުގެ ތެރޭގައި އިސްލާމީ ގިނަ މަޝްރޫއުތަކެއް ނިންމިފައިވާ ކަމަށެވެ. އެގޮތުން 2025 ވަނަ އަހަރު ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ނިންމައިލެވުނުއިރު އިތުރު ދިހަ ރަށެއްގަައި މިސްކިތް ބިނާކޮށް ނިންމައިލެވުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ކުރިއަށްް އޮތް ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން އިތުރު އަށް މިސްކިތް ނިންމައި ހުޅުވޭނެ ކަމަށެވެ. 

ރައީސްް ފާހަގަކުރެއްވި ގޮތުގައި މިސްކިތް އަޅައި ހުޅުވުމުގެ އިތުރަށް ބޭނުންކުރަމުންދާ މިސްކިތްތައް މަރާމާތުކުރުމަކީވެސް ސަރުކާރުން އިސްކަންދީގެ ކުރަމުންދާ މަސައްކަތެކެވެ. އެގޮތުން ނިމުނު އަހަރު ރާއްޖޭގެ އެކި ރަށްރަށުގައި ހުރި މިސްކިތްތަައް މަރާމާތުކުރުމަށް 19.4 މިލިއަން ރުފިޔާ ހަރަދުކުރެވުނު ކަމުގައި ރައީސް ވިދާޅުވިއެވެ. މި އަހަަރު މިސްކިތްތައް މަރާމާތުކުރުމަށް 15 މިލިއަން ރުފިޔާ ކަނޑައަޅުއްވާފައިވާކަމަށްވެސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވެފައިވަނީ މި އަހަރު ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ދިހަ ރަށެއްގައި އިސްލާމީ މަރުކަޒު އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ތިން މަރުކަޒެއްގެ އެއްބަސްވުމުގައި ޖަނަވަރީ މަހު ސޮއިކުރެވިފައިވާއިރު މި އަހަރު އިތުރު 17 ރަށެއްގެ މިސްކިތް އެޅުމުގެ މަސައްކަތް ފަށާނެކަމަށްްވެސްް ރައީސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު