ENGLISH

05 ފެބްރުއަރީ 2026

Advertisement

މާލޭ ހިޔާގެ ފަސްވަނަ ފަންގިފިލާއިން ދޮށީ އުމުރުގެ ދިވެއްސަކު ވެއްޓިއްޖެ

05 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

މާލޭ ހިޔާގެ ފަސްވަނަ ފަންގިފިލާއިން ދޮށީ އުމުރުގެ ދިވެއްސަކު ވެއްޓިއްޖެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ދެންމެ ބުނީ މާލެ ހިޔާ އެކަކުން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 6:50 ހާއިރު ލިބިފައިވާ ކަމަށެވެ.

ވެއްޓިފައި ވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ ވެއްޓިފައި ވަނީ ފަސްވަނަ ފަންގިފިލާއިންނެވެ.

އެ މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އަދި މައްސަަލަ ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު