ENGLISH

05 ފެބްރުއަރީ 2026

Advertisement

ފަސްޓް ލޭޑީ އެދިވަޑައިގަތީ މާލޭގެ އަންހެނުންގެ ކޮމިޓީއަށް އަލައިކާއާއި މުޅި ޓީމު ހޮވައިދޭން

04 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ފޮޓޯ: ޕީއެންސީ

މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސަައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް ކޮންގްރެސް ޕާޓީން ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުނާން އަދި އެ ކޮމިޓީގެ މެންބަރުކަމަށް ކޮންގްރެސް ޕާޓީން ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން އިންތިހާބުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެދިވަޑައިގެންފިއެވެ. 

އަލައިކާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ މިރޭގެ ޖަލްސާގައި އަލައިކާ ދެއްކެވި ވާހަކަފުޅުން އޭނާގެ ގާބިލުކަން ސާބިތުކޮށްދެއްވާފައިވާ ކަމަށެވެ. އަދި އަލައިކާގެ ގާބިލުކަމާމެދު ޝައްކެއް ނެތްކަން ފާހަގަކުރައްވައި އޭނާއަށް ވޯޓު ދިނުމަށް މާލޭގެ ހުރިހާ ރައްޔިތުންގެ އަރިހުން އެކަމަނާ އެދިވަޑައިގަތެވެ. 

އިތުރަށް ސާޖިދާ ފާހަަގަކުރެއްވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތަކީ ޓީމެއްގެ ގޮތުގައި ކުރަންޖެހޭ މަސައްކަތަކަށްވާތީ، އެ މަސައްކަތްކުރުމަށް އަލައިކާއާއެކު މާލޭގެ އެކި ދާއިރާތަކުން ވާދަކުރައްވާ ކޮންގުރެސް ޕާޓީގެ ކެންޑިޑޭޓުން އިންތިހާބުކުރުމަކީ ކޮންމެެހެން ކުރަންޖެހޭ ކަމެއް ކަމެވެ. 

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އަހަންމިއްޔަތު ފާހަގަކުރައްވަަމުން ފަސްޓް ލޭޑީ ވިދާޅުވީ އަންހެނުންނަށް ކުރިމަތިވާ މައްސަލަތަކާއި އުފުލަންޖެހޭ ތަކުލީފުތައް އެންމެ ފަސޭހައިން ހިއްސާކުރެވޭނީ އަންހެނުންނާ ކަމަށެވެ. އެހެންކަމުން އަންހެނުންގެ އަޑުތައް އަހައި އެ އަޑުތައް އިއްވުމަށް އެންމެ އެކަށޭނީ އަންހެނުން ކަމުގައި އެކަމަނާ ވިދާޅުވިއެވެ. 

އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޭނުމަކީ ސިޔާސަތު އެކަށައެޅުމުގެ މަރުހަލާގަައި އަންހެނުން ބައިވެރިކޮށް، އަންހެނުންގެ އަޑުތައް އިއްވޭނެ ގޮތެއް ފަހިކޮށްް، އަންހެނުންނަށް ކުރިމަތިވެފައި ހުރި މައްސަލަތައް ހައްލުކުރެވޭނެ ގޮތަށް ސިޔާސަތުތައް ބައްޓަންކުރުންކަން ފާހަގަކުރައްވަމުން ސާޖިދާ ވިދާޅުވީ އެކަމަށްޓަކައި އޮންނަ ކޮމިޓީއަށް ސަރުކާރާއެކު މަސައްކަތްކުރާނެ ޓީމެއް އިންތިހާބުކުރުން މުހިއްމު ކަމަށެވެ. 

ފަސްޓް ލޭޑީވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަކީ އަންހެނުންގެ ރައްކާތެރިކަން  ކަށަވަރުކޮށް ސިޔާސަތު އެކުލަވައިލުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުން ބާރުވެރިކުރުވުމުގައި މުހިއްމު ދައުރެއް އަދާކުރާ ކޮމިޓީއަކަށްވާތީ މާލެ ސިޓީގައި އެ ދައުރު އަދާކުރުމަށް ކޮންގުރެސް ޕާޓީގެ ޓިކެޓުގައި މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން އިންތިހާބުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. 

ކިޔުންތެރިންގެ ހިޔާލު