ENGLISH
04 ފެބްރުއަރީ 2026
ޓޫ އޮފް އަސްއާ ގުޅޭ ނޭދެވޭ ވާހަކަތަކުގެ ސަބަބުން ވީއެމްސީގެ އެމްބެސެޑަރު ކަމުން ސަސްޕެންޑްކޮށްފި
04 ފެބްރުއަރީ 2026
|
އެންމެ މަޤްބޫލު
މީގެ ދުވަސްކޮޅެެއް ކުރީން ވަރަށް ބޮޑު މަޝްހޫރު ކަމަކާއި މަޤުބޫލު ކަމެއް ހޯދި ޓޫ އޮފް އަސް އާއި ބެހޭ ގުޅޭގޮތުން ދެކެވޭ ނޭދެވޭ އެކި ވާހަކަތަކާއި އަދި އެ ބޭންޑުގެ އިސް މީހުންނާއިމެދު ކުރެވޭ އެކި ތުހުމަތުތަކުގެ ސަބަބުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އެމްބެސެޑަރު ކަމުން ވަގުތީ ގޮތުން ސަސްޕެންޑު ކޮށްފި އެވެ.
އެކަން ވީއެމްސީން ވަނީ ސިޓީއަކުން އަންގާފަ އެވެ. އެ ސިޓީގައި ބުނެފައިވަނީ އެއީ ކުންފުނީގެ އަގުވެއްޓި، ނަން ހުތުރުވަމުންދާތީ އެޅި ފިޔަވަޅެއް ކަމަށެވެ. ވީއެމްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ސޮއިކުރައްވާ ފޮނުވި ސިޓީގައި ވަނީ އެ ބޭންޑާއި ގުޅޭ އެކި ވާހަކަތަކުގެ ސަބަބުން އެ ކުންފުނިން އިންޓާނަލް ރިވިއުއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެ ރިވިއުއަށް ފަހު ޓޫ އޮފް އަސް އަށް ދީފައިވާ ވީއެމްސީގެ އެންބެސެޑާޝިޕް ސަސްޕެންޑުކުރަން ނިންމާފައިވާފައިވާ ކަމަށެވެ.
އެހެން ކަމުން ސިޓީ ފޮނުވި ތާރީހުން ފެށިގެން އެ ބޭންޑަކީ ވިޒިޓް މޯލްޑިވްސް އެމްބެސެޑަރު ކަމަށް ދެއްކުމާއި ކުންފުނީގެ ނަމާއި ލޯގޯ އައި ބްރޭންޑިން އަދި އެއްވެސް އިންޓެލެކްޗުއަލް ޕްރޮޕަޓީއެއް ބޭނުން ނުކުރުމަށް ވަނީ އަންގާފަ އެވެ. މީގެ އިތުރުން ވީއެމްސީއާ ގުޅޭ މުއާމަލާތްތަކާއި ޕްރޮމޯޝަންތަކާއި އެ ނޫނަސް އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
ރާއްޖެއިން ބޭރުގައި އެ ބޭންޑުން ތަމްސީލުވެ ދިވެހީންގެ މެދުގައި ހޯދި މަޝްހޫރުކަން ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ގެއްލިފަ އެވެ. އަދި އެކި ތުހުމަތުތައްކޮށް ބޭންޑުގެ ގިނަ މެންބަރުން ވަނީ މިހާރު ވަކިވެފަ އެވެ. މައިގަނޑުކޮށް ކުރެވޭ ތުހުމަތުތަކަކީ ފައިސާގެ އެކި މައްސަލަތަކާއި އަޚްލާޤީ އެކި މައްސަލަތަކެވެ.