ENGLISH

04 ފެބްރުއަރީ 2026

Advertisement

އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވާދަކުރަނީ ސާއިދު އާއި އަހުނާ

04 ފެބްރުއަރީ 2026

|

މުޙައްމަދު އަދުހަމް

ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނޭ ހަސަން ސާއިދު (ކ) އާއި އަހްނާ ނިޒާރު. --ފޮޓޯ: އެމްއޯސީ

ބާރަވަނަ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުން ޗައިނާ އަށް ފުރައިފިއެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހާމަކޮށްފައިވާ ގޮތުގައި، މި މަހުގެ 6 އިން 8 އަށް ޗައިނާގެ ޓިއަންޖިންގައި ކުރިއަށްދާ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ހޯދާފައިވަނީ ހަސަން ސާއިދު އާއި އަހްނާ ނިޒާރު އެވެ.

އެންމެ ފަހުން ބޭއްވީ 34 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެނުންގެ 100 މީޓަރު ދުވުމުގެ އެއްވަނަ މަގާމަށް ސާއިދު ހޮވުނުއިރު، އަންހެނުންގެ 100 މީޓަރު ދުވުމުގެ އެއްވަނަ މަގާމް ހާސިލްކުރީ އަހްނާ އެވެ.

އޭޝިއާގެ އިންޑޯ އެތުލެޓިކްސް މުބާރާތުގައި މި ދެ ކުޅުންތެރިން ވެސް ވާދަކުރާނީ 60 މީޓަރު ދުވުމުގައެވެ.

މުބާރާތުގެ 60 މީޓަރު ދުވުމުގެ ފިރިހެނުންގެ ކެޓަގަރީގެ ހީޓުތައް ފަށާނީ މި މަހު ހައެއްގައެވެ. އަންހެނުންގެ ކެޓަގަރީގެ ދުވުމުގެ ހީޓުތައް އޮންނާނީ މި މަހުގެ ހަތެއްގައެވެ.

އެތުލެޓިކްސްގައި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސާއިދު ވަނީ މިދިޔަ އަހަރު ކުރިއަށްދިޔަ ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައި ވެސް ވާދަކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު