ENGLISH
04 ފެބްރުއަރީ 2026
29 ރަށެއްގެ ސްކޫލްތަކަށް އިތުރުކުރާ ބައިގެ މަސައްކަތް ތިން ކުންފުންޏަކާ ހަވާލުކޮށްފި
04 ފެބްރުއަރީ 2026
|
ސްކޫލްތަކަށް އިތުރުކުރާ ބައިގެ މަސައްކަތް ހަވާލުކުރުން. ފޮޓޯ؛ތައުލީމީ ވުޒާރާ
އެންމެ މަޤްބޫލު
ރާއްޖޭގެ 29 ރަށެއްގެ ސްކޫލްތަކަށް އިތުރުކުރާ ބައިގެ މަސައްކަތް ހަވާލުކޮށްފިއެވެ.
ތައުލީމީ ވުޒާރާއިން މި މަސައްކަތް ހަވާލުކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާ އެވެ.
މި މަޝްރޫޢުތަކުގެ ތެރެއިން 19 މަޝްރޫޢެއް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފައިވާއިރު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ 6 މަޝްރޫޢެއް އަދި އެމްޓީސީސީ އާ 4 މަޝްރޫޢެއް ވަނީ ހަވާލުކޮށްފައެވެ.
އެފްޑީސީއާ ހަވާލުކުރި މަޝްރޫތަކުގެ ތެރޭގައި ގއ. އަތޮޅުގެ 5 ރަށެއްގެ ސްކޫލާއި ގދ. ގެ 3 ސްކޫލެއްގެ މަސައްކަތާއި ހއ. ގެ 4 ސްކޫލެއްގެ މަސައްކަތާއި ރ. އަތޮޅުގެ 5 ސްކޫލެއްގެ މަސައްކަތާއި ދ. އަތޮޅުގެ ދެ ސްކޫލެއްގެ މަސައްކަތް ހިމެނެއެވެ.
އާރުޑީސީއާ ހަވާލުކުރީ، ހއ. އަތޮޅުގެ ދެ ސްކޫލާއި ރ. އަތޮޅާއި ކ. އަތޮޅުގެ ދެ ސްކޫލެއްގެ އުމްރާނީ މަސައްކައްތަކެވެ.
އެމްޓީސީއާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި ރ. އަތޮޅުގެ ސްކޫލަކާއި ގދ. އަތޮޅުގެ ސްކޫލަކާއި ށ. އަތޮޅުގެ އިތުރުން ފ. އަތޮޅުގެ ސްކޫލެއްގެ މަސައްކަތް ހިމެނެއެވެ.
29 ސްކޫލަކަށް ބޭނުންވާ އުމްރާނީ ތަރައްޤީގެ މަޝްރޫއުގެ ތެރޭގައި ހިމެނީ ކްލާސްރޫމްތައް އިތުރުކުރުމާއި މަލްޓިޕާޕަސް ހޯލާއި ލައިބްރަރީއާއި ސްޓާފް ރޫމް އިމާރާތްކުރުން ހިމެނެއެވެ.