ENGLISH

10 އޭޕްރީލު 2025

Advertisement

މެންޗެސްޓަރގެ ދެ ޓީމު ވެސް މޮޅެއް ނުވި

08 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ޔުނައިޓެޑާ ފޮރެސްޓް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓަރ އަށް ނިސްބަތްވާ ދެ ޓީމަށް ވެސް މޮޅެއް ނުލިބި ނިންމާލަން ޖެހިއްޖެއެވެ.

މެންޗެސްޓަރ ޔުނައިޓެޑުގެ ދަނޑުގައި 3-2 އިން ނޮޓިންގހަމް ފޮރެސްޓް އަތުން ބަލިވިއިރު، މެންޗެސްޓަރ ސިޓީ ވަނީ ކްރިސްޓަލް ޕެލަސްގެ ދަނޑުގައި 2-2 އިން އެއްވަރުވެފައެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗު ފެށިތާ ދެވަނަ މިނެޓުގައި ފޮރެސްޓުން ލީޑު ނެގީ ނިކޮލާ މިލެންކޮވިޗް ކާމިޔާބުކުރި ގޯލުންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި ޑެންމާކްގެ ފޯވާޑް، ރަސްމުސް ހޮއިލުންޑް ވައްދާލި ލަނޑާއެކު ޔުނައިޓެޑުން ފުރަތަމަ ހާފު ނިންމާލީ 1-1 އިން އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެ މިނެޓު ތެރޭ މޯގަން ގިބްސް-ވައިޓް ވަނީ ފޮރެސްޓަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ. އަދި އޭގެފަހުން، މެޗުގެ 54 ވަނަ މިނެޓުގައި އެ ޓީމުގެ ނިއުޒީލެންޑް ފޯވާޑް، ކްރިސް ވުޑް ވައްދާލި ލަނޑާއެކު ފޮރެސްޓުން ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ.

ޔުނައިޓެޑްގެ ދެވަނަ ލަނޑު، 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އެވެ.

ޕެލަސްއާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ޕެލަސް އިން ވަނީ އެންމެ ފަހުގެ ޗެމްޕިއަން، ސިޓީ ހުއްޓުވައިފައެވެ. މި މެޗުގެ ހަތަރުވަނަ މިނެޓުގައި ޕެލަސް އިން ލީޑު ނެގީ ޑެނިއެލް މުނޯޒް ކާމިޔާބުކުރި ލަނޑުންނެވެ. އޭގެފަހުން، މެޗުގެ 30 ވަނަ މިނެޓުގައި އާލިން ހާލަންޑް ވައްދާލި ލަނޑާއެކު ސިޓީން ހާފު ނިންމާލީ 1-1 އިން އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ނުވަ މިނެޓުގެ ތެރޭގައި ޕެލަސް އިން އަނެއްކާވެސް ވަނީ ލީޑު ނަގައިފައެވެ. އެ ޓީމަށް މި ލަނޑުޖަހައިދިނީ މެކްސެންސް ލެކްރޮއިސް އެވެ. އަދި އޭގެފަހުން، މެޗުގެ 68 ވަނަ މިނެޓުގައި ރިކޯ ލުވިސްގެ ލަނޑުން ސިޓީ އެއްވަރުކުރިއެވެ.

ސިޓީ އަށް އިތުރު މައްސަލަތައް ކުރިމަތިވީ، މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ޒުވާން ޑިފެންޑަރު، ލުވިސް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުންނެވެ. މިއާއެކު، އެ ޓީމުން ބާކީބައި ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

މި މެޗުތަކަށް ފަހު ސިޓީ އުޅެނީ ތާވަލްގެ ހަތަރުވަނައިގައެވެ. އެ ޓީމަށް 15 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ. ފޮރެސްޓް އަތުން ބަލިވި ޔުނައިޓެޑް އޮތީ ތާވަލްގެ 13 ވަނައިގައެވެ. އެ ޓީމު މިހާތަނަށް ކުޅުނު 15 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ.

ކިޔުންތެރިންގެ ހިޔާލު