ENGLISH
03 ފެބްރުއަރީ 2026
ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުރި އެއްވެސް ގައިދީއަކަށް އަނިޔާނުކުރާނެ: ކަރެކްޝަންސް
03 ފެބްރުއަރީ 2026
|
މާފުށީ ޖަލު، ފޮޓޯ: ވޮއިސް
އެންމެ މަޤްބޫލު
ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ޖަލުގައި ހުރި އެއްވެސް ގައިދީއަކަށް އަނިޔާނުކުރާނެ ކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.
ކަރެކްޝަނުން މިފަދައިން ބުނެފައިވަނީ ޖަލުގައި ހުރި ގައިދީއަކު މަރުވުމާ ގުޅިގެން އޭނާއަށް އަނިޔާކުރިކަމަށް ތުހުމަތުކޮށް މީސްމީޑިޔާގައި ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަށް އެ އިދާރާއިން ދިން ޖަވާބުގައެވެ.
ބައެއް ފަރާތްތަކުން އަންނަނީ މަރުވި ގައިދީގެ މޭ މަތީގައި އަނިޔާގެ ނިޝާންތައް ހުރިކަމަށް ބުނެ އޭނާ މަރުވީ ޖަލުގައި އޭނާއަށް އަނިޔާކުރުމުގެ ސަބަބުންކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރަމުންނެވެ. އެ ތުހުމަތުތައް ދޮގުކޮށް ކަރެކްޝަނަލް ސާވިސަސްއިން ބުނެފައިވަނީ އެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި އެއްވެސް ގައިދީއަކަށް އަނިޔާނުކުރާނެ ކަމަށެވެ.
އިތުރަށް އެ އިދާރާއިން ބުނެފައިވަނީ ގައިދީންނަށް އަނިޔާކުރުން ފަދަ ކަންކަން ވިޔަނުދިނުމަށްޓަކައި ވަރަށް ހަރުކަށިކޮށް ކަންކަން ބަލަމުންދާ ކަމަށެވެ.
ޖަލުގައި ގައިދީއެއް މަރުވެއްޖެނަމަ ވަގުތުން އެކަން ފުލުހުންގެ އިދާރާއަށާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި އިންޓަގްރިޓީ ކޮމިޝަނަށާއި އިތުރު އެހެން އިދާރާތަކަށް ކަރެކްޝަނުން އަންގަމުންދާކަން ފާހަގަކޮށް އެ އިދާރާއިން ބުނީ ގައިދީއެއްގެ މަރާ ގުޅިގެން ޝައްކު އުފެދޭ ފަދަ ކަމެއް ފާހަގަވެއްޖެނަމަ އެ އިދާރާތަކުން އެކަން ތަހުގީގުކުރާނެ ކަމަށެވެ.