ENGLISH

03 ފެބްރުއަރީ 2026

Advertisement

ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންނަށް އެއްބަސްވުމުގައި ސޮއިކުރަން ހުޅުވާލައިފި

03 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ހުޅުމާލޭގެ ތިން ވަނަ ފިޔަވަހިން ގޯތި ދޫކުރަން ހިއްކާފައިވާ ސަރަހައްދު. ފޮޓޯ؛އެމްއޭސީއެލް

ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ލިބުނު މީހުން ގޯތީގެ އެއްބަސްވުމުގައި ސޮއިކުރުމާއި ގޯތީގެ ރަޖިސްޓަރީ ބަލައިގަތުމަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ އައު ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކުރެވިފައިވާތީ، އެ ޕްލޭންއަށް ރިޢާޔަތްކޮށް އެ ތަނުން ގޯތި ލިބުނު ސަރަޙައްދަށް ބަދަލު އައިސްފައިވުމުން، އައު ލޮޓް ނަންބަރު ކަނޑައަޅަން ގުރުއަތު ނަގާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތިތަކާއި އެ ތަންތަނުގެ ބޮޑުމިން:

  • 1650 އަކަފޫޓުގެ 181 ގޯތި
  • 2050 އަކަފޫޓުގެ 242 ގޯތި
  • 2450 އަކަފޫޓުގެ 132 ގޯތި
  • 2850 އަކަފޫޓުގެ 62 ގޯތި
  • 3250 އަކަފޫޓުގެ 41 ގޯތި
  • 3650އަކަފޫޓުގެ 16 ގޯތި
  • 4000 އަކަފޫޓުގެ 24 ގޯތި

ހުލުމާލެ ތިން ވަނަ ފިޔަވަހިން ޖުމްލަ 698 ގޯތި ދޫކުރެއެވެ. 

ހުޅުމާލެ ތިން ވަނަ ފިޔަވައްސާއި ގުޅީފަޅުން ދޫކޮށްފައިވާ ބަންޑާރަ ގޯތި ލިބިފައިވާ ފަރާތްތަކަށް އައު އެއްބަސްވުމާއި ރަޖިސްޓްރީ ހަވާލުކުރުމުގެ މުއްދަތު 15 މާރިޗުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް ހުޅުވާލާފައިވަނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ. އެޕޮއިންޓްމަންޓަށް އެދި ހުށައަޅާ ފަރާތްތަކަށް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އަދި އެފަރާތްތަކުގެ ފޯނު ނަންބަރަށް އެސްއެމްއެސްގެ ޒަރިއްޔާއިން ބަންޑާރަ ގޯތީގެ ރަޖިސްޓަރީއާއި ބަންޑާރަ ގޯތީގެ އެއްބަސްވުމާއި ހަވާލުވުމަށް ހާޒިރުވާންޖެހޭ ގަޑިއާއި ތަން އަންގާނެއެވެ.  

ހުޅުމާލޭ ތިން ވަނަ ފިޔަވަހިން ގޯތި ދޫކުރާ ސަރަހައްދުގެ ބިން މި ސަރުކާރުން މިހާރު ހިއްކާ ނިންމާފައިވާއިރު، ރައީސް މުއިއްޒުގެ ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި ވަނީ ހުޅުމާލޭ ތިން ވަނަ ފިޔަވަހިން 63 ހެކްޓަރުގެ ބިން ހިއްކާފައެވެ. 

ކިޔުންތެރިންގެ ހިޔާލު