ENGLISH
03 ފެބްރުއަރީ 2026
އެއާޕޯޓުގައި ތަރައްގީކުރާ ފަޔާ ސްޓޭޝަންގެ ރެސްކިއު ޖެޓީގެ 93 އިންސައްތަ މަސައްކަތް ނިމިއްޖެ
03 ފެބްރުއަރީ 2026
|
ވީއައިއޭގައި އަލަށް ތަރައްޤީކުރަމުން އަންނަ ފަޔާ ސްޓޭޝަންގެ ރެސްކިއު ޖެޓީ -- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ވެލާނާ އިންޓަނޭޝަން އެއާޕޯޓް (ވިއައިއޭ) ގައި އަލަށް ތަރައްޤީކުރަމުން އަންނަ ފަޔާ ސްޓޭޝަންގެ ރެސްކިއު ޖެޓީގެ ގިއުގަނޑުގެ މަސައްކަތުގެ 93 އިންސައްތަ ނިމިއްޖެއެވެ.
އެކުންފުނިން ބުނީ މި މަސައްކަތުގެ ދަށުން ޑިޒައިނާ އެއްގޮތަށް ގޭންގްވޭ އިންސްޓޯލްކޮށް ނިމިފައިވާކަމަށެވެ. މިއާއެކު މަސައްކަތުގެ 93 އިންސައްތަ ނިމިފައިވާކަމަށް އެކުންފުނިން ބުނެފައިވެއެވެ.
ވީއައިއޭގައި ކުރިއަށްދާ ރެސްކިއު ޖެޓީގެ މަސައްކަތަކީ 2024 ވަނަ އަހަރު އިފްތިތާހުކުރި ފަޔަރ ސްޓޭޝަންގެ ޚިދުމަތް ފުރިހަމައަށް ފޯރުކޮށްދިނުމަށް ބޭނުންވާ ބައެއް ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ސަބަބުން ކަނޑުގައި ހިންގާ ރެސްކިއު އޮޕަރޭޝަންތަކާއި، ދިމާވާ ކުއްލި ހާލަތްތަކުގައި ފަޔާ ސްޓޭޝަންގެ އޮޕަރޭޝަންތައް ކުރިއަށްގެންދިއުމަށް ފަސޭހަވެގެންދާނެއެވެ.