ENGLISH
03 ފެބްރުއަރީ 2026
މަސްތުވާތަކެއްޗާއެކު ގއ.ވިލިގިލީ ފަޅުތެރޭގައި އޮތް ލޯންޗަކުން މީހަކު ހައްޔަރު ކޮށްފި
03 ފެބްރުއަރީ 2026
|
މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ. ފޮޓޯ: ފުލުހުންގެ އިދާރާ
އެންމެ މަޤްބޫލު
މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ވިލިނގިލިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
ފުލުހުން ބުނީ މި މީހާ ހައްޔަރުކޮށްފައިވަނީ، މި މަހުގެ ފުރަތަމަ ދުވަހު ވިލިނގިލީ ޕޮލިހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނާއާމެދު ޝައްކުކުރެވިގެން، ފުލުހުން އެ ލޯންޗަށް އަރައި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު ކަމަށެވެ. މީނާ ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކޮތަޅެއް ފެނިފައިވާކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 49 ގުރާމްކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. މާމެންދޫ / އާރާދަނާ، އަޞްޢަދު ޢަލީ (35އ) ކަމަށެވެ. މީނާ ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި ފަޅުގައި އޮތް ލޯންޗެއްގައި ހުއްޓަ އެވެ.
މި މައްސަލައާ ގުޅިގެން އަޞްޢަދު ޢަލީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ވެސް، އެ ހިދުމަތުން ވަނީ ބުނެފަ އެވެ.