ENGLISH
04 ފެބްރުއަރީ 2026
އެޗްޑީސީއާއެކު "އެއްގެއިން އަނެއް ގެއަށް" ހަދިޔާކޮށްލަމާ ކެމްޕެއިން މާދަމާ ފަށަނީ
03 ފެބްރުއަރީ 2026
|
އެޗްޑީސީ އިން އެއްގެއިން އަނެއް ގެއަށް ހަދިޔާ ބަދަލުކުރުމުގެ ކެމްޕެއިން ފަށަނީ-- ފޮޓޯ: އެޗްޑީސީ
އެންމެ މަޤްބޫލު
ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު "އެއްގެއިން އަނެއް ގެއަށް" ހަދިޔާކޮށްލަމާ ކެމްޕެއިން މާދަމާ ފަށާނެކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
"އެއްގެއިން އަނެއްގެއަށް" ކެމްޕެއިނަކީ، ރޯދައަށް ގޭބީސީތަކުން ތަކެތި އާކުރުމުގެ ތެރެއިން ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި ނެގުމަށްފަހު، އެތަކެތި ބޭނުންވާ އެހެން ފަރާތަކަށް ހަދިޔާ ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފެބްރުވަރީ މަހުގެ 4 އިން 14 އަށެވެ.
ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރޭގައި ގެންގުޅޭ ހިފާ ސާމާނުގެ އިތުރުން ފަރުނީޗަރު އާކުރުމަކީ ދިވެހިންގެ ތެރޭގައި އޮންނަ އާދައެކެވެ. އެގޮތުން އުކާލާ ތަކެތީގެ ތެރޭގައި އަލުން ބޭނުންކުރެވޭނެ ތަކެތި ހިމެނޭ ކަން ފާހަގަކޮށްލެވެ އެވެ.
އެގޮތުން، "އެއްގެއިން އަނެއްގެއަށް" ކެމްޕެއިނަކީ، ރޯދައަށް ގޭބީސީތަކުން ތަކެތި އާކުރުމުގެ ތެރެއިން ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި ނެގުމަށްފަހު، އެތަކެތި ބޭނުންވާ އެހެން ފަރާތަކަށް ހަދިޔާ ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އެޗްޑީސީން ބުނީ، ޕްރޮގްރާމަށް ހުޅުމާލޭގެ ކޮންމެ ގެއަކުންވެސް ތަކެތި ހަދިޔާ ކުރެވިދާނެ ކަމަށާއި އެ ޕްރޮގުރާމުގެ ދަށުން ބޮޑަށް އަމާޒުކުރަނީ ބޭނުންކޮށްފައިވާ އަދި ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި ގޭގައި ގެންގުޅޭ އިލެކްޓްރޯނިކްސް ފަދަ ތަކެއްޗަށް ކަމަށެވެ.
މި ޕްރޮގުރާމުގެ ދަށުން ގޭގެއިން ތަކެތި ނެގުމަށްފަހު، އެތަކެތި ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. ތަކެތި ދޫކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ދޫނުކުރެވި އެއްޗެއް ހުރެއްޖެނަމަ، އެތަކެތި ދޫކުރާނީ ބޭނުންޖެހިފައިވާ ފަރާތްތައް ދެނެގަތުމަށްފަހު، އެ ފަރާތްތަކަށް ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ.
އެޗްޑީސީއިން ބުނީ، މި ހަރަކާތަކީ ރަމަޟާން މަހާ ދިމާކޮށް އުކާލުމަށް ނެރެފައި ހުންނަ ކުނީގެ މައްސަލަ ހައްލު ކުރުމާއެކު ކުނީގެ ގޮތުގައި ނައްތާލަންޖެހޭ ތަކެތި މަދުކޮށް، އަލުން ބޭނުންކުރުމަށް ބާރު އެޅުމަށް ކުރިއަށް ގެންދާ ހަރަކާތެއްކަމަށެވެ.
އެއްވެސް ފަރާތަކުން މި ޕްރޮގުރާމަށް ތަކެތި ހަދިޔާކުރަން ބޭނުންނަމަ، ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ، އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ.