ENGLISH
21 މާރިޗު 2026
ނޭކުރެންދޫ ބަނދަރު ތަރައްގީކުރުން: ރަށުގެ ބޭރުތޮށިލުމަށް ތައްޔާރުވަނީ
29 ޖެނުއަރީ 2026
|
ހދ. ނޭކުރެންދޫ ބަނދަރު ތަރައްގީކުރުން -- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ހދ. ނޭކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރުގެ ބޭރުތޮށިލުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް އެމްޓީސީސީއިން ބުނީ ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓު އެރަށަށް ގެންގޮސްފައިވާކަމަށެވެ. އަދި ބޭރުތޮށީގެ ޕްރޮފައިލިންގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
ނޭކުރެންދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށްޓަކައި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 48 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިމަޝްރޫޢުގެ ދަށުން ނޭކުރެންދޫގައި 212 މީޓަރުގެ އެއްގަމު ތޮއްޓަކާއި، 166 މީޓަރުގެ ރިވެޓްމަންޓަކާއި ބޮޑުހިލައިގެ ބޭރު ތޮއްޓެއްލުމާއި ރޭމްޕެއް ހެދުމަށްވަނީ ހަމަޖެހިފައެވެ.