ENGLISH

25 ޖެނުއަރީ 2026

Advertisement

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް ފަށައިފި

25 ޖެނުއަރީ 2026

|

ޢަލީ ޝަހީމް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް ފެށުން. ފޮޓޯ: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް ފަށައިފިއެވެ. 

ކެންސަރުގެ ބަލިމީހުންނަށް ފޯރުކޮށްދޭ ކީމޯތެރަޕީގެ ޚިދުމަތް އެ ހޮސްޕިޓަލުގައި ފަށާފަނީ ޖަނަވަރީ 19 ވަނަ ދުވަހު އެވެ. 

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުގައި ބުނީ، ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް ފެށުމަށް އައިޖީއެމްއެޗްގެ އޮންކޮލޮޖީ ޑިޕާޓްމަންޓުގެ އެހީތެރިކަމާއެކު ނަރުހުން ތަމްރީނުކޮށްފައިވާ ކަމަށެވެ. އެގޮތުން ޚިދުމަތަށް ބޭނުންވާ ދެ ނަރުހުން ތަމްރީނުކޮށް މިހާރު އަންނަނީ އެ ޚިދުމަތް ދެމުންނެވެ. 

ކީމޯތެރަޕީގެ ޚިދުމަތް ދިނުމަށް އެކަމަށް ޚާއްޞަ ކޮޓަރިއެއް އެ ހޮސްޕިޓަލުގައި ވަނީ ޤާއިމުކޮށްފަ އެވެ. އެގޮތުން، އެއްފަހަރާ 2 މީހުންނަށް ކީމޯތެރަޕީގެ ޚިދުމަތް ދެވޭކަމަށް އުނގުފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވެއެވެ. 

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ވަނީ ކީމޯތެރަޕީގެ ޚިދުމަތް ބޭނުންވާ މީހުން އެ ޚިދުމަތް ހޯދުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފަ އެވެ. އެގޮތުން، ބޭނުންވާ ބޭހާއި އެެހެނިހެން ޚިދުމަތްތައް ހޯދުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފަ އެވެ. 

ރ. އަތޮޅަކީ ރާއްޖޭގައި ހަތަރު ވަނައަށް އެންމެ ގިނައިން ކެންސަރު ބަލިމީހުން ރަޖިސްޓްރީކޮށްފައިވާ އަތޮޅެވެ. އެގޮތުން، ރ. އަތޮޅުގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާ 58 މީހަކު އެބަތިއްބެވެ. މާލެ ސަރަޙައްދަށް ފަހު ކެންސަރު ބަލި ދެން އެންމެ ގިނައީ އައްޑޫ ސިޓީގަ އެވެ. ތިން ވަނައިގައި އޮތީ ށ. އަތޮޅެވެ. 

ޞިއްޙީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތެއް ކުރަމުންނެވެ. އެގޮތުން، އަތޮޅު ތެރެއަށް ބޭނުންވާ މުހިއްމު ޚިދުމަތްތައް މިހާރު ވަނީ ފުޅާކުރަން ފަށައިފަ އެވެ. އ

އުނގޫފާރުގައި ކީމޯތެރަޕީގެ ޚިދުމަތް ފެށިއިރު، ސަރުކާރުން މިހާރު އަންނަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ޤާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު