ENGLISH
25 ޖެނުއަރީ 2026
ކޮންގްރެސްގެ މާލެ ސިޓީ އަންހެން ކެންޑިޑޭޓުންނާ ފަސްޓްލޭޑީ ބައްދަލުކުރައްވައިފި
24 ޖެނުއަރީ 2026
|
ފަސްޓްލޭޑީ، ކޮންގްރެސްގެ މާލެ ދާއިރާގެ އަންހެން ކެންޑިޑޭޓުންނާއި ބައްދަލު ކުރެއްވުން
ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު، ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ ދާއިރާތަކަށް ވާދަކުރައްވާ އަންހެން ކެންޑިޑޭޓުންނާއި ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލްކުރެއްވުމުގައި އެކަމަނާ ވަނީ ކެންޑިޑޭޓުންގެ ކެމްޕެއިން މަސައްކަތް ކުރިއަށް ދާގޮތް ސާފު ކުރައްވާފަ އެވެ. އަދި އަންހެން ކެންޑިޑޭޓުންނަށް ހިތްވަރު ދެއްވާ ސިޔާސީ މަސައްކަތުގައި ތެދުވެރި ކަމާއި އިޚްލާސްތެރިިކަމާއެކު ކުރިއަށް ދިއުމަށް އެދިވަޑައިގެންނެވި އެވެ.
ސިޔާސީ މައިދާނާއި ޤައުމީ ޚިދުމަތުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން މުހިންމު ކަން ވެސް އެކަމަނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.
އިންތިޚާބީ މަޤާމުތަކަށް އަންހެނުން ނިކުންނަ މިންވަރު އިތުރުކުރުމަކީ ކޮންގްރެސް ޕާޓީގެ ރައީސް، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޙައްމަދު މުޢިއްޒު ވަރަށް އިސްކަން ދެެއްވާ ކަމެކެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެެރެނީ ކޮންގްރެސް ޕާޓީންނެވެ. އެ ޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕެއިން މާލެއާ އަތޮޅުތަކުގައި ވަރަށް ފޯރީގައި އެބަ ކުރިއަށް ދެ އެވެ.