ENGLISH
23 ޖެނުއަރީ 2026
ހެލިކޮޕްޓަރުގެ ހިދުމަތްދޭން ޝަރުތުހަމަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހަޅަން އަލުން ހުޅުވާލައިފި
22 ޖެނުއަރީ 2026
|
އެމްއެންޑީއެފްގެ ހެލްކޮޕްޓަރެއް
ދިވެހިރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތްތައް ދިނުމަށް ޝަރުތުހަމަވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އަލުން ހުޅުވާލައިފިއެވެ.
ހެލިކޮޕްޓަރުގެ ހިދުމަތްތައް ޤާއިމްކޮށް، މި ހިދުމަތް ދިނުމަށް ރާއްޖޭގައި ފެށުމަށް ނިންމާފައިވާއިރު އެ ވުޒާރާއިން ބުނީ އަންނަ މަރޗް މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 14:00 ހަމައަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ހެލިކޮޕްޓަރުގެ ހިދުމަތްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލުމުގެ މަޤުސަދަކީ ކޮމާޝަލް ހެލިކޮޕްޓަރު ފަސިންޖަރުންގެ ހިދުމަތްތަކާއި ދަތުރުފަތުރުގެ ކަންކަން ހަމަޖައްސައިދިނުމާ، އެ ހިދުމަތްތައް ރަނގަޅަށް ފޯރުކޮށްދިނުމާ، ކުއްލި ހާލަތުގައި މެޑިކަލް އިވެކުއޭޝަން ހިންގުމަށް ލުއިފަސޭހަ ގޮތްތައް ހޯދުމާއެކު ރާއްޖޭގެ ރަށްތަކާއި އަތޮޅުތަކުގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުންކަމުގައި އެ ވުޒާރާއިން ބުނެ އެވެ.
މީގެއިތުރުން ހެލިކޮޕްޓަރ ޓްރާންސްފާގެ ހިދުމަތްތަކާއެކު ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރާ، ގުޅުންތައް ހަރުދަނާވެގެންދާނެކަމަށް ބުނެފައިވެ އެވެ.
ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކާމިޔާބު ފަރާތާއެކު 10 އަހަރުގެ ޚާއްސަ އެއްބަސްވުމެއް އެކުލަވާލާނެ އެވެ. އަދި ކޮންޓްރެކްޓްގައިވާ ޝަރުތުތަކުގައިވާ ގޮތުގެ މަތިން، ކޮމާޝަލް ހެލިކޮޕްޓަރު ފަސިންޖަރުންގެ އޮޕަރޭޝަންތައް ހިންގުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.