ENGLISH

22 ޖެނުއަރީ 2026

Advertisement

ބަނގުރަލުގެ ވިޔަފާރިކުރާ ބިދޭސީންތަކެއް، ޑީޕޯޓް ކޮށްލަނީ

22 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

ހައްޔަރުކުރި ބިދޭސީން

ގަވާއިދާ ހިލާފަށް ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ މި ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަންގަ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ސިޕޮން އަލީ (21) އާއި ޖުވެލް ރަނާ (32އ) އާއި އެމްޑީ ނަޒްރުލް އިސްލާމް (20) އާއި އެމްޑީ އިބްރާހީމް(22އ) އެވެ. މި އެންމެންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މި މީހުން ހައްޔަރުކޮށް، މާލޭ މާފަންނު ގެއެއް ބަލައިފާސްކުރިއިރު 54 ފުޅި ބަނގުރާ ފެނިފައިވެ އެވެ. މި މައްސަލައާ ގުޅިގެން، އެ މީހުން ގެންގުޅުނު ސައިކަލު ވަނީ ޓޯކޮށްފަ އެވެ.

މި މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުން ވެސް މިހާރު ވަނީ ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު