ENGLISH

22 ޖެނުއަރީ 2026

Advertisement

ތައުލީމީ ދާއިރާގެ ޚިދުމަތްތެރިޔާ އައިންތު މިސް ނިޔާވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

22 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

އައިންތު މިސް

ދިވެހި ތަޢުލީމަށް ވަރަށް ބޮޑު ޚިދުމަތެއް ކުރެއްވި މ. މިރުސްދަސްގޮށުގޭ އައިމިނަތު ހަސަން (އައިންތު މިސް) ނިޔާވުމާ ގުޅިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އައިންތު މިސް ނިޔާވުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިބަސް އުނގަންނައި ދެއްވުމާއި ބަސް ކުރިއެރުވުމުގައި ދިގު މުއްދަތަކު ޚިދުމަތް ކޮށްދެއްވި އާމިނަތު ޙަސަން ނިޔާވުމުގެ ހިތާމައިގާ އެ ޢާއިލާއަށް، އަދި ތަޢުލީމާއި ބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް ތަޢުޒިޔާ ވިދާޅުވެފައެވެ. 

އަދި މަރްޙޫމާ އާމިނަތު ޙަސަނަށް މާތްﷲގެ ތަނަވަސް ރަޙްމަތް މިންވަރުކުރައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި އެމަނިކުފާނުވަނީ ދުޢާ ދަންނަވާފައެވެ. 

އައިންތު މިސް ކެންސަރަށް ފަރުވާ ހޯދަނުން ގެންދަވާތާ އަހަރަކަށްވުރެ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

ކީމޯތަރަޕީ ތެރަޕީގެ ފަރުވާގައި ހުރި އައިންތު މިސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑިމިޓް ކުރީ މިދިޔަ ހުކުރު ދުވަހުއެވެ. ނިޔާވީ މިއަދު ހެނދުނުއެވެ.

އައިންތު މިސް ވަނީ ތައުލީމީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައެވެ. އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ދިވެހި މާއްދާ ކިޔަވައިދެއްވުމުގައެވެ. އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ އަމީނިއްޔާ ސްކޫލުގައެވެ. 23 އަހަރު އެ ސްކޫލަށް ޚިދުމަތް ކުރެއްވިއެވެ. އަމީނިއްޔާ ސްކޫލުގައި، ޓީޗަރެއްގެ އިތުރުން ލިޑީންގ ޓީޗަރެއްގެ ގޮތުން ވެސް މަސައްކަތް ކުރެއްވިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަމުގެ އިތުރުން މިދިޔަ ސަރުކާރުން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރުކަން ވެސް ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު