ENGLISH
05 ޖުލައި 2025
ދީނީ ދާއިރާތަކުން ރައީސްގެ މެނިފެސްޓޯގައި ހިމެނުއްވި ހުރިހާ ދާއިރާއެއްގެ މަސައްކަތް ވަނީ ފަށާފައި: ޝަހީމް
06 ޑިސެމްބަރު 2024
|
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަ ދައްކަވަނީ. - ފޮޓޯ: އެމްއެމްޓިވީ
ދީނީ ދާއިރާތަކުން ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ ފަށާފައިކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، އިންތިޚާބުގެ ތެރޭގައި ރައްޔިތުންނަށް ރައީސް ވެވަޑައިގެންފައިވާ ވަޢުދުތައް، މި ސަރުކާރު ފެށުމާ އެކު، ތަންފީޒު ކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަސައްކަތް ފެށި ކަމަށެވެ.
މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ހުރިހާ މަސައްކަތެއް ފަށާފައިވާކަން ފާހަގަކުރަށްވާ ޝަހީމް ވިދާޅުވީ، ފާއިތުވެގެންމިދާ 2024 ވަނަ އަހަރަކީ ދިވެހި ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ވަރަށް ބޮޑު ދިރުމެއް ގެނެސްދިން އަހަރެއް ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ 2024 ވަނަ އަހަރަކީ ރާއްޖޭގެ އިސްލާމީ ކަންތަކަށް ވަރަށް ބޮޑު ދިރުމެއް އިންޝާ ﷲ ގެނެވުނު އަހަރެއްކަމުގެ އިހުސާސް އަޅުގަނޑަށް ކުރެވޭ، އެއީ ވުޒާރާގެ ތެރޭގައި ކުރެވުނު މަސައްކަތްތަކަށް ބަލާފައި." - އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޝަހީމް ވިދާޅުވީ، ރައްޔިތުންގެ ތެރޭގައި ފަޤީރުންގެ ގޮތުގައި ބެލެވޭ ފަރާތްތަކުން ދައުލަތުގެ ޚަރަދުގައި ހައްޖަށް ފޮނުވުން ވަނީ ތަންފީޒު ކުރެވިފައި ކަމަށާއި މިސްކިތްތައް މަރާމާތު ކުރުމުގެ ކަންކަން އިތުރުކުރުމާ އަދި މިސްކިތްތަކާއި ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދޭނެ ކޮމެޓީއެއް އުފެއްދުމާއި ޒަކާތު ހައުސް އުފެއްދުން ފަދަ ކަންކަންވަނީ ފެށިފައިކަމަށެވެ.