ENGLISH
19 ޖެނުއަރީ 2026
ހުރާ ބަނދަރުގެ ކޮންކްރީޓް ޖެޓީގެ މަސައްކަތް ކުރިއަށް ދަނީ
16 ޖެނުއަރީ 2026
|
ހުރާ ބަނދަރުގެ ކޮންކްރީޓް ޖެޓީގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
ކ. ހުރާ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން ކޮންކްރީޓް ޖެޓީ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ، ކޮންކްރީޓް ޖެޓީ އެޅުމަށް ބޭނުންވާ ހުރިހާ ތަނބުތައް ޖަހާ ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން ކޮންކްރީޓް ބީމްގެ ޝަޓަރިން އަދި ބާބެންޑިން މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. ކޮންކްރީޓް ޖެޓީގެ 40 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފަ އެވެ.
ހުރާ ބަނދަރުގެ ކޮންކްރީޓް ޖެޓީގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މީގެ އިތުރުން 1،795 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް މި މަޝްރޫއުގައި ހިމެނެ އެވެ.
ހުރާ ބަނދަރުގެ ކޮންކްރީޓް ޖެޓީގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
ކ. ހުރާ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް، އެމްޓީސީސީއާ ހަވާލުކުރީ 2023 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ނުފެށި އޮތުމަށް ފަހު ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުފުޅާ އެކު މަޝްރޫއުގެ މަސައްކަތް ފެށީ 2024 ވަނަ އަހަރުގެ ތެރޭގަ އެވެ.
ގާތްގަނޑަކަށް 1،400 މީހުން ދިރިއުޅޭ ހުރާގައި މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި، ފަތުރުވެރިކަމާ ގުޅޭ އެކި މަސައްކަތްކާއި ލޯކަލް ޓޫރިޒަމް އެވެ. އެހެންކަމުން، އެ ރަށުގެ ބަނދަރު ތަރައްޤީކޮށް، މަރާމާތުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ޖާގަ ތަނަވަސް ބަނދަރަކަށް ރަށުގެ ރައްޔިތުން އިންތިޒާރު ކުރާތާ ވަރަށް ގިނަ ޒަމާންވެއްޖެ އެވެ.
ހުރާގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުން މިހާރު އޮތް ބަނދަރަށް ޖާގަ އިތުރުވެ، މުދާ ބޭލުމުގައާއި ރަށަށް އަރާ ފޭބުމުގައި ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ކުރިމަތިވާ އުނދަގޫތަކަށް ނިމުމެއް އަންނާނެ ކަމަށް އެރަށު ރައްޔިތުން ގަބޫލު ކުރެ އެވެ.