ENGLISH

15 ޖެނުއަރީ 2026

Advertisement

އިސްރަށްވެހިން ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިކުރުވުމަށް ހާއްސަ ސެޝަނެއް ބާއްވައިފި

15 ޖެނުއަރީ 2026

|

މުޙައްމަދު އަދުހަމް

އިސްރަށްވެހިން ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިކުރުވުމަށް ބޭއްވި ސެޝަންތަކުގެ ތެރެއިން. ފޮޓޯ: އުރީދޫ މޯލްޑިވްސް

މިއަހަރުގެ ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމުތައް ފެށުމުގެ ގޮތުން އިސްރަށްވެހިންގެ ނާދީއާއެކު މާލެ އަދި ހުޅުމާލޭގައި އުރީދޫ މޯލްޑިވްސް އިން ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި ޕްރޮގްރާމަކީ މިއަދުގެ ޑިޖިޓަލް ދުނިޔެ އިތުރަށް ރަނގަޅަށް އޮޅުންފިލުވައިދިނުމަށް ބައިވެރިންނަށް އެހީތެރިވެދޭ ޕްރޮގްރާމެކެވެ.

މި ސެޝަންގައި، ސްމާޓްފޯނާއި ސުމޭކު (ޑިޖިޓަލް) އެކި މަންސަތައް ފަސޭހަކަމާއެކު ބޭނުންކުރާނެ ގޮތްތަކާއި މިފަދަ ވަސީލަތްތަކުގެ ބޭނުން ރައްކާތެރިކަމާއެކު ހިފާނެ ގޮތްތަކާއި، ދިރިއުޅުމުގެ ކަންކަން ފަސޭހަކުރުމަށް ޓެކްނޮލޮޖީ ބޭނުންކުރާނެ ގޮތްތަކާއި ގުޅޭ މުހިންމު މައުލޫމާތުތަކެއް ވަނީ ހިއްސާކޮށްފައެވެ.

މި އިނީޝިއޭޓިވްގެ ބޭނުމަކީ އުރީދޫއިން އިންކްލޫސިވް ޑިޖިޓަލް ކުރިއެރުމަށް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދީ، ޓެކްނޮލޮޖީ ކުރިއަރަމުންދާއިރު މުޖުތަމައުގެ އެއްވެސް ބަޔަކު، އަދި ހާއްސަކޮށް އިސްރަށްވެހިން ބާކީ ނުވިޔަ ނުދިނުމެވެ.

އިސްރަށްވެހިން ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިކުރުވުމަށް ބޭއްވި ސެޝަންތަކުގެ ތެރެއިން. ފޮޓޯ: އުރީދޫ މޯލްޑިވްސް

އުމުރުން ދުވަސްވީ މީހުންގެ ބޭނުންތަކާއި ސްޕީޑަށް ސެޝަންތައް ބަދަލުކޮށް، މި ޕްރޮގްރާމްގެ ސަބަބުން އުނގެނުމުގެ މާހައުލު ވަރަށް ފުރިހަމައަށް ފަހިކޮށްދެއެވެ.

އިސްރަށްވެހިންގެ ފަންނީ ހުނަރު އިތުރުކޮށް، ޒަމާނީ ވަސީލަތްތަކަށް އެފަރާތްތައް އަހުލުވެރިކުރުވުމަކީ އިސްރަށްވެހިންގެ ނާދީން ވެސް ޚާއްސަ އިސްކަންދޭ ކަމެކެވެ.

މި މަސައްކަތަކީ ޑިޖިޓަލީ އިންކްލޫސިވް ރާއްޖެއެއް ބިނާކުރުމަށާއި ޖީލުތަކުގެ މެދުގައި އޮތް ޑިޖިޓަލް ފަރަގު ކުޑަކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ ބޮޑު މަސައްކަތުގެ ތެރެއިން ކުރަމުން އަންނަ މަސައްކަތެކެވެ.

އިސްރަށްވެހިން ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިކުރުވުމަށް ބޭއްވި ސެޝަންތަކުގެ ތެރެއިން. ފޮޓޯ: އުރީދޫ މޯލްޑިވްސް

މިފަދަ ހަރަކާތްތަކުގެ ތެރެއިން އުރީދޫން ދަނީ މުޖުތަމައު ބާރުވެރިކުރުވައި، ޑިޖިޓަލް ދުނިޔެއެއްގައި މުޅި އުމުރަށް އުނގެނުމުގެ ހުނަރު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

އުރީދޫ މޯލްޑިވްސްއިން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު