ENGLISH

15 ޖެނުއަރީ 2026

Advertisement

ތައިލޭންޑުގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސް އެ ގައުމުގެ ބޮޑުވަޒީރަށް ތައުޒިޔާ ވިދާޅުވެއްޖެ

15 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

ރައީސް ޑރ.މުޢިއްޒުވަނީ ތައިލެންޑުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވިިދާޅުވެފައި، ފޮޓޯ: ރައީސް އޮފީސް

ތައިލޭންޑުގައި ރޭލެއްގެ މައްޗަށް ކެރޭނެއް ވެއްޓިގެން ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އެ ގަައުމުގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ އަނޫޓީން ޗަރްވިރަކޫލް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. 

ނާކޯން ރާޗަސީމާ ޕްރޮވިންސްގެ ސީކިއޫ ޑިސްޓްރިކްޓްގައި ހިނގި މި ހާދިސާ ހިނގީ ޗައިނާއާއި ދެކުނު އޭޝިޔާ ގުޅުވައިލުމަށް ހަލުއި ދުވެލީގައި ދަތުރުކުރާ ރޭލު މަގެއް ތަރައްގީކުރުމަށް ހިންގަމުންދާ ބޮޑު މަޝްރޫއެއްގެ ސެކްޝަނެއްގައެވެ. 

އެ ޕްރޮވިންސްގެ އާއްމު ސިއްހަތާ ބެހޭ މަސްއޫލުވެރިން މީޑިޔާއަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާދިސާގައި މިހާތަނަށް 32 މީހަކު މަރުވެފައިވާއިރު 60 އަށްވުރެ ގިނަ މީހުންނަށް އެކި ބާވަތުގެ އަނިޔާ ލިބުނެވެ. އެ ރޭލުގައި ތިބިކަމަށް ބެލެވޭ 171 މީހުންގެ ތެރެއިން ތިން މީހަކު އަދިވެސް ނުފެންނަކަމަށް ރޭ ނެރުނު ބަޔާނެއްގައި އެ ޕްރޮވިންސްގެ ކަމާ ބެހޭ އިދާރާތަކުން ބުނެފައިވެއެވެ. 

މި ހާދިސާއާ ގުޅިގެން ރައީސް ފޮނުއްވި މެސެޖުގައި އެތައް ފުރާނައެއް ގެއްލި، ގިނަ ބަޔަކު ޒަހަމްވި މި ހާދިސާއާ ގުޅިގެން ނުހުނު ފުން ހިތާމަ ލިބިވަޑައިގަތްކަން ހާމަކުރެއްވިއެވެ. އަދި މި ވަގުތު ތައިލެންޑް ސަރުކާރާއި، މި ހާދިސާގެ ސަބަބުން ހިތްދަތިކަން ތަހައްމަލުކުރަމުންދާ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ރައްދުކުރެއްވިއެވެ. 

އަދި މި ހާދިސާގައި އަނިޔާވި މީހުންނަަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، މީހުން ހޯދައި ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށްގެންދެވޭނެ ކަމުގައި އުންމީދުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު