ENGLISH
15 ޖެނުއަރީ 2026
މަޖޫރީންގެ ވެރިންނަށް ރައީސް ދެއްވީ ރަނުގެ ފުރުސަތެއް؛ ޒަމާންވީ ކަންބޮޑުވުންތައް ހިއްސާކުރީ އުފަލުން
15 ޖެނުއަރީ 2026
|
މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
މަޖޫރީންނަކީ ބުރަ ނުރައްކާތެރި މަސައްކަތެއް ކުރާ ބައެކެވެ. މާލޭ ވިޔަފާރި ބަނދަރުން މުދާ ހުސްކުރުމުގެ މަސައްކަތަކީ ގިނަ ވަގުތު ހޭދަކުރަންޖެހޭ، އެކަމުގައި ގިނަ ނުރައްކާތައް އެކުލެވޭ އަދި ބުރަ މަސައްކަތެކެވެ. ރެއާއި ދުވާލު ކަހަލަ ގޮތަކަށް ކުރަންޖެހޭ މަސައްކަތެކެވެ. އަދި މި މަސައްކަތަކީ މުޅި އިގުތިސާދާ ގުޅިފައި އޮތް މަސައްކަތެއްވެސް މެއެވެ.
މި ވިޔަފާރީގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި ތުރާތަކާއި ތަހައްމަލުކުރަންޖެހޭ ދަތިތަކަކީ އެ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް ނޫނީ ތަސައްވުރެކުރެވޭނެ ކަންކަމެއް ނޫނެވެ. ގިނަ ފަހަަރަށް އެމީހުންގެ ޝަކުވާތަކަށް ބޮޑު ސަމާލުކަމެއް ނުލިބެއެވެ. މާ ބޮޑަށް މީސްމީޑިޔާ މަންސަތަކުގައި އެ ޝަކުވާތައް ދައުރުނުކުރެއެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކި ގިންތިތަކުގެ އަދި އެކި ފަންނުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އުފުލަމުންދާ ތަކުލީފުތަކާއި ތުރާތައް އޮޅުންފިލުއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން މިއަދު މަޖޫރީންގެ ވެރިން ނުވަތަ މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ވަނީ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައީސްވަނީ މަޖޫރީންނަށް މުދާ ހުސްކޮށް ބޭރުކުރުމުގެ ބުރަ މަސައްކަތުގައި ކުރިމަތިލާންޖެހޭ ތުރާތަކާއި، ހައްލުކުރުމަށް އެ މީހުން ބޭނުންވާ މައްސަލަތައް އެމަނިކުފާނާ ހިއްސާކުރުމަށް ފުރުސަތު ދެއްވާފައެވެ.
އެ ފުރުސަތުގެ ބޭނުންހިފައިގެން މަޖޫރީންގެ ވެރިންވަނީ އެމީހުންނަށް ކުރިމަތިވާ ބައެއް މައްސަލަތައް ހިއްސާކޮށްފައެވެ. އެމީހުން ހިއްސާކުރި ކަންބޮޑުވުންތަކުގެ ތެރޭގައި މުދާ އުފުލާ ގަޑިއާ ގުޅޭ ކަންބޮޑުވުންތަކުގެ އިތުރަށް، އިދާރީ ގޮތުން ކުރިމަތިވެފައި ހުރި މައްސަލަތައް ހައްލުކޮށް، އިދާރީ އިންތިޒާމުތައް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ހިމެނެއެވެ.
މަޖޫރީންގެ ވެރިން ފާހަގަކުރި ގޮތުގައި މީގެ ކުރިން ދުވަހަކުވެސް މިފަަދަ ފުރުސަތެއް އެ މީހުންނަށް ލިބިފައި ނެތެވެ. އެމީހުންގެ މަސައްކަތުގައި ކުރިމަތިވާ އެކިކަހަލަ މައްސަލަތައް އޮޅުންފިލުއްވުމަށް ރައީސް ދެއްވި ފުރުސަތަކީ މިހާތަނަށް އެއްވެސް ވެރިޔަކު ކުރިން ދެއްވާފައި ނެތް ފުރުސަތެކެވެ.
އެ ފުރުސަތުގެ ސަބަބުން އެމީހުންގެ މަސައްކަތުގެ އިދާރީ އިންތިޒާމުތައް ހަރުދަނާކޮށް، މަސައްކަތުގެ ކަންކަން އިތުރަށް ލުއިފަސޭހަކުރުމަށް މަގުފަހިވާނެ ކަމުގެ ޔަގީންކަންވަނީ ލިބިފައެވެ. ރައީސްވަނީ މުދާ ހުސްކުރުމުގެ މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިން ފާހަގަކުރެއްވި މައްސަލަތަް ހައްލުކޮށްދެއްވަން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރައީސް މިފަދައިން އެކި ދާއިރާތަކުގެ މަސައްކަތްތެރިންނާއި ވިޔަފާރިވެރިންނާއި އާއްމު ރައްޔިތުންނާއެކު ބާއްވަވާ ބައްދަލުވުންތައް ވެފައިވަނީ، ޒަމާންތަކަކަށް ދެމިގެންގޮސްފައި ހުރި، ހައްލުނުކުރެވި ފުނިޖެހެމުންދާ މައްސަލަތައް ހައްލުކުރުމަށް ލިބޭ ފަހި ރަން ފުރުސަތަކަށެވެ.