ENGLISH
15 ޖެނުއަރީ 2026
އަހަރުގެ މެދުތެރޭގައި އީފާސްގެ އާ ވާޝަނެއް ތައާރަފްކުރަނީ
15 ޖެނުއަރީ 2026
|
އީފާސްގެ އާ ވާޝަންއެއް މިއަހަރުގެ މެދުތެރޭގައި ތައާރަފްކުރުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: އެމްއެމްޓީވީ
މި އަހަރުގެ މެދުތެރޭގައި އީފާސްގެ އާ ވާޝަންއެއް ބޮޑު އަޕްގްރޭޑަކާ އެކު ތައާރަފްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމްއަކަށް ދިން ހާއްސަ އިންޓަވިއުއެއްގައި ކިނާނަތު ވިދާޅުވީ، ރާއްޖެއަށް އީފާސް ތައާރަފްކުރެވުނީ 2012 ވަނަ އަހަރު ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އިތުރު އާ އެއްވެސް ވާޝަންއެއް ނެރެވިފައިވާ ނުވާ ކަމަށެވެ. އެހެންކަމުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އިތުރު އާ އެޑްވާންސް ފީޗާސްތަކާއެކު އީފާސް 2 ނެރުމުގެ މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު އީފާސް ބޭނުންކުރަމުން އަންނަ ފަރާތްތަކަށް، އީފާސް ބޭނުންކުރުމުގައި ތަފާތު ދަތިތަކާ ކުރިމަތިވާ ކަމުގެ ޝަކުވާ ލިބެމުން އަންނަކަން ފާހަގަކުރައްވައި، އީފާސް ހުޅުވާލާ ކޮންމެ ފަހަރަކު ލޮގިންވާންޖެހުމާއި، ޚިދުމަތްތަކަށް އެޕްލައިކުރުމުގައި ދިމާވާ ދަތިތަކަށް މި އާ ވާޝަންއާއެކު ހައްލެއް ލިބިގެންދާނެ ކަމަށް ކިނާނަތު ވިދާޅުވި އެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 272000 މީހުން އީފާސް ބޭނުންކުރެ އެވެ. މިއީ 10 އަހަރުން ދަށުގެ ކުދިން ނުހިމެނޭ އަދަދެއް ކަމަށް ސްޓޭޓް މިނިސްޓަރ ޑރ. ކިނާނަތު ވިދާޅުވި އެވެ. އީފާސް ބޭނުން ކުރާ މީހުންގެ އަދަދު އިތުރުކުރުމަށްތަކައި އިފާސް 2 ގައި 10 އަހަރުން ދަށުގެ ކުދިންނަށް ޕޭރެންޓަލް ލޮގިންއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
ކިނާނަތު ވިދާޅުވީ، އީފާސް 2 އެޑްވާންސް ފީޗަސްތަކާއެކު ތަޢާރަފްކުރުމުން، އީފާސް ބޭނުން ކުރަމުން އަންނަ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ. އީފާސް 2 ތަޢާރަފްކުރުމުގެ އިތުރުން، ދުރު ނޫން މުސަތަގްބަލެއްގައި އީފާސް 3 ވެސް، އިތުރު އެޑްވާންސް އާ ފީޗާސްތަކާ އެކު ނެރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.