ENGLISH

15 ޖެނުއަރީ 2026

Advertisement

އެޕާޓުމެންޓެއްގައި ކެނަބިސް ގަސް އިންދައި މަސްތުވާތަކެތި ގެންގުޅުނު މީހަކު 100 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

15 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

ކުރިން ރާއްޖެއިން އަތުލައިގަތް ކެނަބިސް ގަހެއް

މާލޭގެ އެޕާޓުމެންޓެއްގައި ކެނަބިސް ގަސް އިންދައި މަސްތުވާތަކެތި ގެންގުޅުނު މީހެއްގެ މައްޗަށް 100 އަހަރުގެ ޖަލަށް ލުމާއެކު، 400،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. 

މާލޭގެ ގެއެއްގެ ދޮރުމަތިން ކެނަބިސް ގަހެއް ފެނިގެން ފުލުހުން 2023 ވަނަ އަހަރު ހަރަކާތްތެރިވަމުންދަނިކޮށް، އަމިއްލައަށް އެ ގަހާ ހަވާލުވެ، އޭނާ ދިރިއުޅޭ އެޕާޓުމެންޓުގައި އިތުރު ގަސް ހުންނާނެ ކަމަށް ބުނުމާ ގުޅިގެން ދައުލަތުން ހަތަރު ދައުވާއެއް އުފުލާފައިވަނީ ނ.ކެނދިކުޅުދޫ، ނިޝާން އަހްމަދު ޔާސިހުގެ މައްޗަށެވެ. 

އޭނާ ފުލުހުން ގާތުގައި އޭނާ ދިރިއުޅޭ އެޕާޓުމެންޓުގައި އިތުރު ކެނަބިސް ގަސް ހުންނާނެކަމަށް ބުނުމުން ފުލުހުންވަނީ އޭނާ ދިރިއުޅޭ އެޕާޓުމެންޓު ބަލައިފާސްކޮށްފައެވެ. އެތަނުން ކެނަބިސް ގަސްތަކެއްގެ އިތުރަށް 300 އެއްހައި ގްރާމުގެ މަސްތުވާކެތި ފެނުނެވެ. 

ޝަރީއަތުގައި ފުލުހުންވަނީ އެ އޮޕަރޭޝަން ހިންގި ގޮތާއި، އެ އޮޕަރޭޝަނުން ހޯދުނު ކަންކަމުގެ ތަފުސީލުތައް ކޯޓާ ހިއްސާކޮށްފައެވެ. 

މި މައްސަލާގައި ދައުލަތުން ޔާސިހުގެ މައްޗަށް އުފުލި ހަތަރު ދައުވާ ސާބިތުވެފައިވާއިރު ކޮންމެ ދައުވާއަކީ 25 އަހަރުގެ ޖަލު ހުކުމެއް އަދި 100،000 ރުފިޔާގެ ޖޫރިމަނާއެއް އަންނަ ދައުވާތަކެވެ. އެ ހުރިހާ ދައުވާއެއް ސާބިތުވުމުން ޔާސިހުގެ މައްޗަށް ކޯޓުން އަދަބުގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖުމްލަ 100 އަހަރަށް ޖަލަށްލުމާއެކު 400،000 ރުފިޔާއިން ޖޫރިމަނާކުރުމެވެ. 

ޔާސިހުގެ މައްޗަށް އިއްވި 100 އަހަރުގެ ޖަލު ހުކުމުން އޭނާަ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ޖަލު ބަންދުގައި ތަންފީޒުކުރަންޖެހޭނީ 98 އަހަރެވެ. 

ކިޔުންތެރިންގެ ހިޔާލު